ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް މާފަންނުގައި ހުންނަ އިހުސާން ފިހާރައިގެ ބިއްލޫރިގަނޑަކަށް އަރައިފިއެވެ.

ފުލުހުން ބުނީ މިއަދު މެންދުރުފަހު 2:00 ހާއިރު މާފަންނު އިހުސާން ސްޕޮޓް ފިހާރައިގެ ބިއްލޫރިގަނޑުގައި ސައިކަލެއް ޖެހި، އެކްސިޑެންޓް ވެފައިވާ ކަމަށެވެ.

ހާދިސާ ހިނގާފައި ވަނީ ފިހާރަ ކައިރީގައި މަޑުކޮށްގެން ހުރުމަށްފަހު، ސައިކަލު ދުއްވާލަން އުޅުމުގެ ތެރޭގައި ކަމަށެވެ. ސައިކަލު ދުއްވަން އިނީ 70 އަހަރުގެ ފިރިހެނެއް ކަމަށާއި އެމީހާ އަކީ ލައިސަންސް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ،

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ، ފުލުހުން އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.