ގދ. ތިނަދޫގައި ހުރި ގޮދަން ފުށުގައި ގިނަ އަދަދަކަށް އުކުނާއި ފަނިހުރުމުން، އޭގެ ފުށް ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ) އިން އަންގައިފިއެވެ.
އެމްއެފްޑީއޭއިން މިއަދު ބުނީ އެ އޮތޯރިޓީއަށް ހުށަހެޅިފައިވާ ޝަކުވާ އަކާ ގުޅިގެން ބެލި ބެލުމުން ތިނަދޫގައި ރައްކާކޮށްފައި ހުރި ޕްރީމަ ސިލޯން ބްރޭންޑްގެ ބެޗް ނަންބަރު MD2021003 ގޮދަން ފުށުގައި ގިނަ އަދަދަކަށް އުކުނާއި ފަނިހުރިކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން ޕްރީމަ ސިލޯން ބްރޭންޑްގެ ފުށް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެމްއެފްޑީއޭއިން ވަނީ އަންގައިފައެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމްއެފްޑީއޭއިން އަންނަނީ އެ ބްރޭންޑްގެ އެހެން ބެޗްތަކުގެ ސާމްޕަލް ނަގައި ޓެސްޓް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު