އެމްޔޫ ސްޓޯރުން ލެކްނޯ ހިކިކިރުގެ އާ ޕްރޮމޯޝަނެއް ފަށައިފިއެވެ.
"ވަން" އަށް މައުލޫމަތު ދެމުން އެމްޔޫ ސްޓޯރުން މިއަދު ބުނީ، މި ޕްރޮމޯޝަނުގައި ބައިވެރިވެގެން ގުރުއަތުން ހޮވޭ ފުރަތަމަ ފަރާތަކަށް، އެބޭފުޅަކު ބޭނުންފުޅުވާ ފަރާތަކާ އެކު ދުބާއީއަށް ހަފުތާއެއްގެ ޗުއްޓީއަކަށް ދިއުމުގެ ފުރުސަތު ލިބިގެން ދާއިރު، 2 ވަނަ އަށް ހޮވޭ ފަރާތަކަށް އިތުރު ބޭފުޅަކާ އެކު ރާއްޖޭގެ ރިސޯޓެއްގައި ދެ ދުވަހު ހުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އޭގެ އިތުރުން ތިން ވަނަ އަށް ހޮވޭ ފަރާތަކަށް އެއް އަހަރު ދުވަހުގެ ލެކްނޯ ހިކިކިރު މުޅިން ހިލޭ ލިބިގެންދާނެ ކަމަށެވެ. އަދި މި ޕްރޮމޯޝަންގައި އިތުރު އެހެނިހެން ހަދިޔާތައްވެސް ލިބިގެންދާނެ ކަމަށް އެމްޔޫ ސްޓޯރުން ބުނެއެވެ.
އެމްޔޫ ސްޓޯރުން އިތުރަށް ބުނީ، މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ލެކްނޯ ހިކިކިރު ޕެކެޓެއް ބައްލަވައިގަންނަވާ އިރު އެ ޕެކެޓްގައި ޖަހާފައި ވާ ލެކްނޯ ހިކިކިރު ޕްރޮމޯޝަންގެ އިސްޓިކާގައި ހުންނަ QR ކޯޑް ސްކޭންކޮށްލުމަށްފަހު، އެމްޔޫ ސްޓޯރުގެ ޕޯޓަލްއަށް ވަދެވަޑައިގެން އެބޭފުޅެއްގެ ފުރިހަމަ ނަމާއި އައިޑީ ކާޑު ނަންބަރާއި އަދި ގުޅޭނެ ނަންބަރެއް ޖެއްސެވުމަށް ފަހު ކޫޕަން ކޮޅުގައި ފޮރުވިފައިވާ ހަތް އަކުރުގެ ނަންބަރު ކަހައިލުމަށްފަހު ޕޯޓަލްއަށް އެންޓަ ކޮށްލައްވާނީ ކަމަށެވެ.
މި ޕްރޮމޯޝަން ކުރިޔަށްދާނީ އިއްޔެއިން ފެށިގެން ޑިސެމްބަރު 31 ގެ ނިޔަލަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު