ގެއެއްގެ ތެރެއިން އިއްޔެރޭ ހައްޔަރު ކުރި ހއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރާއި އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އިންޑިއާ ނަރުހުގެ ބަންދަށް ހަތް ދުވަސް ކޯޓުން އިތުރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ހއ. އަތޮޅު ހޮސްޕިޓަލުގެ ޒިންމާދާރު މަގާމެއްގައި ހުރި މީހަކު މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން ތަކަކަށް ބިރުދައްކައި ޖިންސީ ގޯނާ ކުރަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެކަމާ ގުޅިގެން 46 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ހޮސްޕިޓަލްގެ މެނޭޖަރެވެ.
ދިއްދޫން ވާހަކަ ދެއްކި މީހަކު ބުނީ، މެނޭޖަރު އިއްޔޭ ރޭ ހައްޔަރުކޮށްފައިވަނީ އިންޑިއާ ނަރުހުގެ ގެއިން ކަމަށެވެ. އެ މައްސަލައިގައި އިއްޔެ ވަނީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ އިންޑިއާ ނަރުސް ވެސް ހައްޔަރުކޮށްފައެވެ.
އެ ދެ މީހުންގެ ބަންދަށް ކޯޓުން ހަތް ދުވަސް އިތުރުކޮށްދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު