ހިޔާ މަޝްރޫއުން ފުލެޓު ލިބުނު މީހުންނަށް ހާއްސަކޮށްގެން މޯލްޑިވް ގޭސް އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މޯލްޑިވް ގޭހުން ބުނީ ”ހިޔާ ޕްރޮމޯޝަން“ގެ ނަމުގައި އިއްޔެ އިން ފެށިގެން ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ރަޖިސްޓްރީ ވުމުން ހިލޭ ގޭސްފުޅި ލިބުމުގެ އިތުރުން، ހިލޭ އިންސްޓޯލުވެސް ކޮށްދޭނެ ކަމަށެވެ.
އެ ޕްރޮމޯޝަނުގެ ދަށުން މޯލްޑިވް ގޭހުގައި ރެޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އެ ކުންފުންޏަށް ގުޅައިގެން ރެޖިސްޓްރޭޝަންގެ ކަންކަން ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެޗްޑީސީއާ ގުޅިގެން ހިޔާ ފުލެޓު ސަރަހައްދުގައި އެ ކުންފުނިން ޓެންޓު ޖަހާފައިވާ ކަމަށާއި އެ ޓެންޓުތަކަށް ދިޔުމުންވެސް ރެޖިސްޓްރީ ކުރެވޭނެ ކަމަށް މޯލްޑިވް ގޭހުން ވަނީ ބުނެފައެވެ.
މި ޕްރޮމޯޝަންގެ ދަށުން ރީފިލް ކުރުމަށް ދައްކަން ޖެހޭނީ 200 ރުފިޔާ ކަމަށާއި އަދި ފުލެޓުތައް ލިބިފައިވާ ފަރާތްތައް ފްލެޓުތަކަށް ވަދެ ނިމެންދެން މި ޕްރޮމޯޝަން ކުރިއަށްގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.