Close
ޚަބަރު

އަންނަ މަހުން ފެށިގެން ކްރޮސްރޯޑްސް އާންމުންނަށް ހުޅުވާލަނީ

އަލީ ޔާމިން

ކްރޮސްރޯޑްސް މޯލްޑިވްސް ރިސޯޓު، އަންނަ މަހުން ފެށިގެން އާންމުންނަށް ހުޅުވާލަން ނިންމައިފިއެވެ.

އެނބޫދޫ ފަޅު ހިއްކައިގެން ތަރައްގީކޮށްފައިވާ ކްރޮސްރޯޑްސްއަކީ މާލެއިން ފުރައިގެން ސްޕީޑް ލޯންޗެއްގައި 15 ވަރަކަށް މިނެޓުން ދެވޭހާ ރާސްތާއެއްގައި އޮތް ރިސޯޓެކެވެ.

އެ ރިސޯޓުން ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ރިސޯޓު އާންމުންނަށް ހުޅުވާލާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއެކުގައި ކަމަށާއި އެތަނަށް ދާ މީހުން 72 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއެއް ގެންދަން ޖެހޭނެ ކަމަށެވެ.

އާންމުންނަށް ރިސޯޓު ހުޅުވާލުމަށް ނިންމާފައިވަނީ ހެނދުނު 11:00 އިން ރޭގަނޑު 11:00 އަށެވެ.

މާލޭ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ގޯސްވުމާއެކު ކްރޮސްރޯޑްސް އާންމުންނަށް ބަންދުކޮށްފައިވަނީ މިދިޔަ އަހަރުއެވެ.