ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސޫގާގެ އަރިހަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ އާއްމު މަޖިލީހުގެ އިންތިހާބީ ރައީސް، އަބްދުﷲ ޝާހިދު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިނިސްޓަރު ޝާހިދު ސޫގާއާ މިއަދު ބައްދަލުކުރައްވައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހެޔޮ އެދުންތައް ބޮޑުވަޒީރަށާއި ޖަޕާން ސަރުކާރާއި ރައްޔިތުންނަށް ވަނީ އަރިސްކުރައްވައިފައެވެ.
އަދި ރާއްޖެއަށް ޖަޕާނުން އެކި ދާއިރާތަކުން، ހާއްސަކޮށް ކޮވިޑުގެ ދުވަސްވަރު، ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި މިނިސްޓަރު ޝާހިދު ވަނީ ޖަޕާން ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.
އޭގެ އިތުރުން އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި ހުންނަވާ އިރު އިސްކަން ދެއްވާނެ ދާއިރާތަކާ ގުޅޭ ގޮތުންނާއި "އުއްމީދުގެ ރިޔާސަތު" ގައި ހިމެނޭ ކަންކަމާ ގުޅޭ މައުލޫމާތުވެސް އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ ހިއްސާކުރައްވައިފައެވެ.
ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހިމް އުވައިސް ބައިވެރިވެ ވަޑައިގަތެވެ.
މިނިސްޓަރު ޝާހިދު މިއަދު ވަނީ ޖަޕާނުގެ ފޮރިން މިނިސްޓަރު ޓޮޝިމިޓްސޫ މޮޓެޖީއާވެސް ބައްދަލު ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު