އިނގިރޭސިވިލާތަށް ނިސްބަތްވާ އިސަބެލް ސްޓެޑްމަން ކިޔާ އަންހެނަކު ވަނީ ކާރު ލައިސަންސު ނެގުމަށް މިހާތަނަށް 1000 ފަހަރު ތަމްރީނު ކުލާހުގައި ބައިވެރިވެފައެވެ.
މިހާރު އުމުރުން 47 އަހަރުގެ އިސަބެލް މިކަމަށް ޓަކައި ފާއިތުވި 30 އަހަރު މަސައްކަތްކުރަމުން އައިސްފައިވާ ކަމަށާއި، އެންމެ ފުރަތަމަ ކާރެއް ދުއްވޭތޯ މަސައްކަތް ކުރަން ފެށީ އުމުރުން 17 އަހަރުގައި ކަމަށް އޭނާ ވަނީ ބުނެފައެވެ.
އޭނާގެ ވާހަކަ ހިއްސާކުރަމުން އެސަބެލީ ބުނެފައިވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ގާތްގަނޑަކަށް 10،000 ޕައުންޑާއި ގާތްކުރާ އަދަދަކަށް މިކަމަށް ފައިސާ ހޭދަކުރެވިއްޖެ ކަމަށާއި ނަމަވެސް ޓެސްޓުގައި ބައިވެރިވާން ޖެހިލުންވާ ކަމަށެވެ.
އިސަބެލް ކިތަންމެ ވަރަކަށް ކުލާސްތައް ނަގަމުން އައިސްފައިވީ ނަމަވެސް ފާސް ނުވަނީ ކާރު ދުއްވަން ސީޓުގައި އިށީންނަ ހިސާބުން ގަންނަ ބިރަކުން ކަމަށް އޭނާ ބުނެއެވެ. ކާރު ދުއްވަން އުޅޭ ކޮންމެ ފަހަރަކު ހާސްވެ ދާހިތްލައި ފޯވާ ކަމަށާއި، ބިރުން ތުރުތުރު އަޅައި ރޮއެ ގަނެވި އަދި ބައެއް ފަހަރު އަނބުރައިގަނެގެން ވެއްޓޭފަހަރުވެސް އަންނަ ކަމަށް އޭނާ ބުނެއެވެ. އޭނާ ހޭއަރާއިރު ކާރު އޮންނާނީ މަގުގެ އެއްކައިރީ ޕާކު ކުރުވާފައި ކަމަށާއި، ހޭ ހުސްވާ ކޮންމެ ފަހަރަކު އިންސްޓްރަކްޓަރު ކާރުގެ ހުންގާނުގައި ހިފަން ޖެހޭ ކަމަށް އޭނާ ބުނެއެވެ.
މިހާ ބިރުގަންނަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް އޭނާ ދެއްކި ޑޮކްޓަރުންވެސް ބުނެފައިވާ ކަމަށް އިސަބެލް ފާހަގަ ކުރެއެވެ. ސަބަބަކީ މިވީހާ ތަނަށް މަގުމަތީ އެކްސިޑެންޓަކާ ކުރިމަތިލާފައި ނުވާތީ ކަމަށާއި އަދި އެފަދަ ކަމަކާ ގުޅުން ހުރި ހާދިސާއަކާ ވެސް އޭނާގެ ހަޔާތުގައި އަދި ދިމާވެފައި ނުވާތީއެވެ.
އިސަބެލް ބުނާގޮތުގައި އޭނާ ލައިސަންސު ނަގަން ބޭނުންވަނީ ހަގު ދަރިފުޅު ކޮލެޖަށް ދިއުމުން އޭނާ ގާތަށް ޒިޔާރަތް ކުރުމަށާއި ދުރުގައި ދިރިއުޅޭ އާއިލާ މީހުން ގާތަށް ޒިޔާރަތް ކުރަން ބޭނުންވާތީއެއެވެ.
އިސަބެލްގެ ދެދަރިން އެއްވެސް އުނދަގުލަކާ ނުލައި ލައިސަންސު ނެގުމަށް ފަރިތަކުރަމުން އަންނަ ކަމަށާއި އެކުދީން ލައިސަންސް ނަގާއިރުވެސް އިސަބެލްއަށް މިކަން ވާނެ ކަމާ މެދު އޭނާ ހުރީ ޝައްކުމަތީގަ އެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް