ހުޅުމާލޭ ޕްރީ ސްކޫލް މަރާމާތު ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ހުޅުމާލޭގައި ހުންނަ، މުހައްމަދު ގާސިމް ޕްރީ ސްކޫލް މަރާމާތު ކުރުމަށް ހަވާލު ކޮށްފައިވަނީ އޭއާރު ބިޒްނަސް މޯލްޑިވްސް އާއެވެ.

މުހައްމަދު ގާސިމް ޕްރީ ސްކޫލުގެ މަރާމާތުގެ މަސައްކަތް އޭއާރް ބިޒްނަސް މޯލްޑިވްސް އާ ހަވާލުކޮށް އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. އޭއާރުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ރަޝީދެވެ.

ޖުމުލަ 1.9 މިލިއަން ރުފިޔާ އަށް މި މަސައްކަތް އޭއާރާއި ހަވާލު ކޮށްފައިވަނީ 45 ދުވަސްތެރޭ ނިންމައި ހަވާލު ކުރާ ގޮތަށެވެ.

ހުޅުމާލޭ ޕްރީ ސްކޫލު ހިންގާނެ ބަޔަކު ހޯދުމަށް މީގެ ކުރިން އެޑިއުކޭޝަނުން ތަކުރާރުކޮށް އިުލާން ކުރި ނަމަވެސް އެއްވެސް ބަޔަކު އެކަމަށް އެދިފައި ނުވާތީ އެ ސްކޫލު ހިންގުމަށް ނިންމާފައިވަނީ އެޑިއުކޭޝްން މިނިސްޓްރީންނެވެ.