އެކުވެރި އެމްޑަބްލިޔުއެސްސީ ރޯޑްޝޯ މިއަދު ފަށައިފި އެވެ.

ފެން ބިލްޑިންގުގައި މިއަދު ހެނދުނު 9 ޖެހިއިރު ފެށިގެން ކުރިއަށްދާ މި ރޯޑް ޝޯގެ މައިގަނޑު އަމާޒަކީ، އެމްޑަބްލިޔުއެސްސީ ގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި އަދި ކަސްޓަމާ ރިލޭޝަން ރަނގަޅުކުރުން ކަމުގައި އެތަނުން މައުލޫމާތު ދީފައިވެއެވެ. އެގޮތުން ބިލުތަކާ ގުޅިގެން އަދި އެނޫންވެސް އެކިއެކި މައުލޫމާތުތައް އޮޅުންފިލުވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެއެވެ.

މި ރޯޑްޝޯގައި ބައިވެރިވާ ބޭފުޅުންގެ ތެރެއިން ގުރުއަތުން ހޮވޭ ބޭފުޅަކަށް ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި "މިޔުރާ ޑޮމެކްސް ޕީ3100" އެއް ދޭން ވަނީ ނިންމައިފަ އެވެ.

މި ރޯޑްޝޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 23 އިން ފެށިގެން 24 އާ ހަމައަށް، ކޮންމެ ދުވަހަކު ހެނދުނު 9ން ހަވީރު 3އަށް، ފެން ބިލްޑިންގެ ގްރައުންޑް ފްލޯގައެވެ.