ޗައިނާ އިން ރާއްޖެއަށް އާ ސަފީރެއް ހަމަޖައްސައިފިއެވެ.
ޗައިނާ އިން ރާއްޖެއަށް އާ ސަފީރަކު ހަމަޖައްސާފައި މިވަނީ، އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުރި ސަފީރު ޖަންގް ލިޖޮންގްގެ ދައުރު ހަމަވިތާ ހަތަރު މަސް ދުވަސް ފަހުންނެވެ.
ޗައިނާ އިން ރާއްޖެއަށް ހަމަޖެއްސި އާ ސަފީރަކީ ވާން ލިޖިންއެވެ. އޭނާ ރޭ ރާއްޖެއަށް ވަޑައިގެންފައިވާ އިރު، އޭނާ އަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޖާވިދު ފައިސަލާއި ޑެޕިއުޓީ ޗީފް އޮފް ޕްރޮޓޮކޯލް އަހުމަދު މުޖުތަބާއެވެ.
ވާން ލިޖިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޗައިނާގެ ސަފީރެއްގެ ގޮތުގައި އޭނާ އައްޔަން ކުރެއްވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ. އަދި ރާއްޖޭގެ ސަރުކާރާއި ރައްޔިތުންނާ ގުޅިގެން ދެގައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ސަފީރުގެ ފަތްކޮޅު ރައީސަށް އަދި އަރުވައިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު