ބްރެޒިލް އިން ރާއްޖެ އައި މީހެއްގެ އަތުން އަނެއްކާ ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
މި މަހުގެ 14 ވަނަ ދުވަހު ބްރެޒިލުން ރާއްޖެ އައި މީހެއްގެ އަތުން ވަނީ 15.9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. އެތަކެތީގެ ބަރުދަނުގައި ހުރީ، 3.197 ކިލޯ އެވެ.
މި ފަހަރު އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 16.72 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.
އެއީ މި މަހުގެ 18 ވަނަ ދުވަހު ބްރެޒިލް އިން ރާއްޖެ އައި އުމުރުން 29 އަހަރުގެ އަންހެނެކެވެ.
ކަސްޓަމްސް އިން މިއަދު ބުނީ، އެ މީހާގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން އޭނާގެ ލަގެޖް ކަސްޓަމްސްއިން ބަލައި ފާސްކުރުމުން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ފެނިފައިވާ ކަމަށެވެ.
އަތުލައިގަތް ސާމާނު ޓެސްޓް ކުރުމުން އެއީ ކޮކެއިންކަން އެނގިފައިވާ ކަން ކަސްޓަމްސް އިން ވަނީ ހާމަކޮށްފަ އެވެ. އަދި 16.723 ކިލޯ ހުރި އެ މަސްތުވާތަކެތީގެ މަގުމަތީގެ އަގު އައްޑިހަ މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.
މީގެ ކުރިން ތިން ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ބްރެޒިލް މީހާގެ ބަންދުގެ މުއްދަތު ޖަހާފައިވާއިރު، އޭނާގެ ބަސް އެނގޭ މީހަކު ހޯދުމަށް ފުލުހުން ވަނީ އިއުލާނު ކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު