ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ވެލިގާ ހާޑްވެއާ އަދި ބްލަންކް އިން ހާއްސަ ޕެކޭޖެއް ތައާރަފުކޮށްފިއެވެ.

ފުލެޓު ފިނިޝިން މަސައްކަތަށް ކޮންމެހެން ބޭނުންވާނެ ހުރިހާ ސާމާނެއް ހިމަނައިގެން އެކުލަވާފައިވާ މި ޕެކޭޖުގެ އަގަކީ 33,000 ރުފިޔާއެވެ. ޕެކޭޖުގައި ހިމެނޭ ސާމާނުގެ އިތުރުންވެސް ކަސްޓަމަރުން ބޭނުންނަމަ އެޑް-އޮންސްގެ ގޮތުގައި ކަސްޓަމަރުންނަށް ބޭނުންވާ ތަކެތި ހާއްސަ އަގެއްގައި ލިބިގެން ދާނެއެވެ.

ވެލިގާގެ ކޯޕަރޭޓް ސޭލްސް މެނޭޖަރު މިފްޒާން މުހައްމަދު ވިދާޅުވީ، އެ ޕެކޭޖުން ފުލެޓަށް ވަނުމަށް ބޭނުންވާނެ ހުރިހާ ސާމަނެއް ކަސްޓަމަރުންނަށް ލިބިގެން ދާނެ ކަމަށެވެ.

"އިތުރަށް ބޭނުންވާ ސާމާނާއެކު ޕެކޭޖު ކަސްޓަމައިޒް ކުރުމުގެ ފުރުސަތުވެސް އޮންނާނެ. ޕެކޭޖުގެ އިތުރުން މިހާރު އަޅުގަނޑުމެން ވާނީ ހިޔާ ފްލެޓަށް ހާއްސަކޮށްގެން އައިޓަމް ކެޓަލޮގެއް ވެސް ހަދާފައި. އެކި ރޭންޖުތަކުގެ ކަސްޓަމަރުންނަށް ބޭނުންވާނެ ހުރިހާ ސާމާނެއް ކަސްޓަމަރުންނަށް މީގެން ބަލައިލެވެން ހުންނާނެ،" މިފްޒާން ވިދާޅުވިއެވެ.

ވެލިގާގެ ހުރިހާ ފިހާރައަކުންވެސް ކަސްޓަމަރުންނަށް މި ޕެކޭޖު ނެގޭނެ އިންތިޒާމު ހަމަޖެހިފައިވާ އިރު, މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ), އެމްއެފްއެލްސީ އަދި ބީއެމްއެލް ފައިނޭންސިން މެދުވެރިކޮށް ވެސް ކަސްޓަމަރުންނަށް ޕެކޭޖު ނެގޭނެއެވެ. އަދި ޕެކޭޖާ ބެހޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކަށް 3337827 ގުޅައިގެން އަދި [email protected] އަށް އީމެއިލް ކޮށްގެން މައުލޫމާތު ސާފުކުރެވޭނެއެވެ.