މި އަހަރު ބޭއްވި 18 ވަނަ ސްޓީވީ އިންޓަނޭޝަނަލްގެ ބިޒްނަސް އެވޯޑްސް އަދި އޭޝިއާ ޕެސިފިކް އެވޯޑުގައި އުރީދޫއަށް ފާހަގަކޮށްލެވޭ އެވޯޑުތަކެއް ލިބިއްޖެއެވެ.
އުރީދޫން ބުނީ ކޮވިޑާ ގުޅިގެން އުރީދޫން ފޯރުކޮށްދީފައިވާ ގިނަގުނަ ހިދުމަތްތަކަށް ސިލްވާ އަދި ބްރޮންޒް ސްޓީވީ ލިބިފައިވާ އިރު، މޫލީ އަދި އެމް-ފައިސާގެ ހިދުމަތަކަށްވެސް ފާހަގަކޮށްލެވޭ އެވޯޑެއް ލިބިފައިވާ ކަމަށެވެ.
- ބްރޮންޒް ސްޓީވީ - މޯސްޓް ވެލުއަބަލް ސާވިސް (ކޮވިޑާ ގުޅިގެން އުރީދޫން ފޯރުކޮށްދިން އެހީތެރިކަން)
- ސިލްވާ ސްޓީވީ - މޯސްޓް ވެލުއަބަލް ކޯޕޮރޭޓް ރެސްޕޯންސް (ކޮވިޑާ ގުޅިގެން އުރީދޫން ފޯރުކޮށްދިން އެހީތެރިކަން)
- ބްރޮންޒް ސްޓީވީ - އެކްސެލެންސް އިން އިނޮވޭޝަން އިން ކޮންސިއުމާ ޕްރޮޑަކްޓް އެންޑް ސާވިސް އިންޑަސްޓްރީސް (މޫލީ އަދި އެމް-ފައިސާގެ ހިދުމަތްތައް)
އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ހާން ވިދާޅުވީ އުރީދޫއަކީ މުޖުތަމައުތަކުގެ ތަރައްގީ އާއި ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއް ކަމަށާއި އެހެންކަމުން ކޮވިޑާ ގުޅިގެން އުރީދޫގެ ޓީމުން ކަސްޓަމަރުންނަށާއި މުޖުތަމައުތަކަށް އެކިއެކި ގޮތްގޮތުން އެހީ ފޯރުކޮށްދިނުމުގައި ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
"އެހެންކަމުން ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި މި މަސައްކަތް ފާހަގަވެ އެވޯޑެއް ލިބުމަކީ އަޅުގަނޑުމެން ނުހަނު ފަހުރުވެރިވާ ކަމެއް. ޕެންޑެމިކާ ގުޅިގެން އަޅުގަނޑުމެންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް އުރީދޫ ޓީމުން ވަނީ ގިނަގުނަ ލަނޑުދަނޑިތަކެއް ހާސިލުކޮށް އީޖާދީ ހިދުމަތްތަކެއް ފޯރުކޮށްދީފައި. އެހެންކަމުން މި ފުރުސަތުގައި އަޅުގަނޑުމެންގެ ކުރިއެރުމާ ގުޅިފައިވާ ހީވާގި މުވައްޒަފުންނަށް އައްސަރިބަހާ ސާބަސް ރައްދުކުރަން. އަދި މި ހިތްވަރާއެކު އުރީދޫގެ ހިދުމަތްތައް އިތުރަށް ކުރިއަރުވައި، ބައިނަލްއަގުވާމީ ފެންވަރުގެ އާ އީޖާދުތަކާ ދިވެހިން ގުޅުވާލަދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން،" ނަޖީބް ހާން ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން އުރީދޫން އަންނަނީ ކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުން އަދި އާންމުންނަށްވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އުރީދޫ ގްރޫޕާ ގުޅިގެން ރާއްޖޭގައި ކޮވިޑާ ދެކޮޅަށް ކުރަމުންދާ މުހިއްމު މަސައްކަތްތަކަށް ބޭނުންވާ ވެންޓިލޭޓަރާއި ޕީޕީއީ އަދި ޓެސްޓިން ކިޓް ހޯދުމަށް އެ ކުންފުނިން ވަނީ 2.5 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މީގެ އިތުރުން އިންޓަނެޓް ކަނެކްޝަން ފޯރުކޮށްދިނުމާއި ކޮވިޑާ ގުޅޭގޮތުން އާއްމުން ހޭލުންތެރިކޮށް، އޮންލައިންކޮށް ކިޔަވައިދިނުމަށާއި ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ހިދުމަތްތައް ވެސް އުރީދޫން ވަނީ ފޯރުކޮށްދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު