ޖެންޑާ މިނިސްޓްރީގެ ދަށުން ވޭމަންޑޫގައި ހިންގާ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޒިޔާރަތްކުރައްވައިފިއެވެ.
މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ، އެ ސެންޓަރުގެ އަމާން ހިޔާގައި ދިރިއުޅޭ ކުދިންނާއި މުވައްޒަފުންނާ ބައްދަލުކޮށްލައްވައި ބޭނުންވާ ކަންތައްތަކުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ.
އެ ސެންޓަރުގައި މިވަގުތު 16 އަހަރާއި 17 އަހަރާ ދެމެދުގެ 6 ކުދިން ތިބެއެވެ. މި ސެންޓަރަކީ މުޖުތަމައުގައި ނާޒުކު ހާލަތުގައި ތިބި މީހުންނަށް އަޅާލައި، އެހީތެރިވުމުގެ ގޮތުން ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ސެންޓަރެކެވެ.
ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރަށް ޒިޔާރަތްކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ދެން ވަޑައިގަތީ ވޭމަންޑޫ ސްކޫލަށެވެ. އެމަނިކުފާނު ސްކޫލަށް ކުރެއްވި ޒިޔާރަތުގައި ސްކޫލް ކުދީންނާއި ސްކޫލްގެ އިސްވެރިންނާއި ޓީޗަރުންނާ ބައްދަލުކުރައްވައި ބޭނުންވާ ކަންކަން އޮޅުންފިލުއްވައިލެއްވެވި އެވެ.
ވޭމަންޑޫ ސްކޫލަކީ 355 ދަރިވަރުން މިހާރުވެސް ކިޔަވަމުން އަންނަ ސްކޫލެކެވެ. ގްރޭޑް 1-12 އަށް ކިޔަވައިދެމުން އަންނަ މި ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް ތަރައްގީކުރަމުން އަންނައިރު، ތައުލީމީ ދާއިރާ ކުރިއެރުވުމަކީ މިސަރުކާރުން އެންމެ އިސްކަންދޭ އެއް ރިޔާސީ ވައުދެވެ.
ޚަބަރު
ޚަބަރު
ޚަބަރު