ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީން މިއަދު ބުނީ ތުޅާދޫ ގޮނޑުދޮށް ހިމާޔަަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓު މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.

މިއަހަރުގެ މާޗު މަހުގެ 29 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ ދަށުން، ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 11,700 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި ބެޑު ތައްޔާރުކުރުމާއި 280 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަޝްރޫއު އެމްޓިސީސީއާ ހަވާލުކޮށްފައިވަނީ 10.13 މިލިއަން ރުފިޔާއަށެވެ. އެއީ 150 ދުވަސްތެރޭ މަސައްކަތް ނިންމާ ގޮތަށެވެ.