ކޮޅުމަޑުލު ވަންދުއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ވަންދުއަށް ރައީސް ވަޑައިގެންފައި މިވަނީ އެމަނިކުފާނު މިހާރު ތ. އަތޮޅުގެ ހަތް ރަށަކަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ފަސް ވަނަ މަންޒިލްގެ ގޮތުގައެވެ.
ރައީސް ވަންދުއަށް ވަޑައިގެންނެވިއިރު އެމަނިކުފާނުގެ އިސްތިގުބާލުގައި ރަށުގެ މުއައްސަސާތަކުގެ ވެރީންނާއި ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ. ރައީސަށް ވަންދޫން އެރުވީ ރަތް ދޫލައިގެ ހޫނު މަރުހަބާއެކެވެ.
ރައީސް ވަންދުއަށް ކުރައްވާ މި ދަތުރުފުޅުގައި އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން އެރަށުގެ މަސްވެރިންނާއި ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ވަންދުއަށް ފަހު ކަނޑޫދޫއަށް ރައީސް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖައްސާފައިވާއިރު ވަންދޫ ރައްޔިތުންގެ ފަރާތުން މިއަދު މެންދުރު ރައީސަށް ވަނީ ހާއްސަ ކޭމެއް ތައްޔާރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު