ދަރިވަރުންގެ ކިބައިގައި ހަރުކަށި ވިސްނުން އަށަގަތަނުދިނުމަށް "ޕްރޮމޯޓިން ރެޒީލިއަންސް އިން ދި މޯލްޑިވްސް-ޕްރައިމް" ގެ ނަމުގައި ޕްރޮޖެކްޓެއް ފެށުމަށް ހަމަޖައްސައިފިއެވެ.
"ޕްރޮމޯޓިން ރެޒީލިއަންސް އިން ދި މޯލްޑިވްސް-ޕްރައިމް" ޕްރޮޖެކްޓު ހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި ޓްރާންސްޕޭރަންސް މޯލްޑިވްސްއާ ދެމެދު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ. އަދި ޓްރާންސްޕޭރަންސީގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު އާސިއަތު ރިލްވީނާއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޕްރައިމް ޕްރޮޖެކްޓުގެ މަގުސަދުތަކުގެ ތެރޭގައި ދަރިވަރުން ހިރާސްއަށް ނުގޮސް ނުވަތަ ވީހާވެސް ހިރާސް ކުޑަވާނެ ގޮތަކަށް ދިމާވާ ދަތިތަކުން ސަލާމަތްވުމަށް ދަސްކޮށްދިނުމާއި، ހަރުކަށި ވިސްނުން އަށަގަތަނުދިމަށް ދަރިވަރުންގެ ކިބައިގައި ދީނަށް ލޯބިޖެއްސުމާއި، އެހެން މީހުންނަށް އިހުތިރާމު ކުރުމާއި، ކަންކަމުގައި ފުންކޮށް ވިސްނަން ދަސްކޮށްދިނުން ހިމެނޭ ކަމަށެވެ.
- ހިރާސް(ރިސްކު)ގައިވާ ދަރިވަރުން ދެނެގަތުމަށް ހަދާ ރިސްކު އެސެސްމަންޓަށް އާލާތެއް ތައްޔާރުކުރުން
- ބެލެނިވެރިންނަށް އަމާޒުކޮށްގެން ބެލެނިވެރިންގެ އަތްމަތީ ފޮތެއް ތައްޔާރުކުރުން
- ދަރިވަރުންނާއި ބެލެނިވެރިންނަށް ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކުގައި އެހީތެރިވެދިނުން
- އިތުރު ހަރަކާތްތައް ހިންގުމުގެ ތެރެއިން ދަރިވަރުން ސުލްހައަށް ލޯބިކުރަން ދަސްކޮށްދިނުން
"ޕްރޮމޯޓިން ރެޒީލިއަންސް އިން ދި މޯލްޑިވްސް-ޕްރައިމް" ޕްރޮޖެކްޓަކީ ޔޫއެސް އެއިޑްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު