އިންޑިއާ ގައުމީ ޓީމުގެ ޑިފެންޑަރު ސަންދޭޝް ޖިންގަން، ކްރޮއޭޝިއާގެ ފުރަތަމަ ޑިވިޝަން ކްލަބެއް ކަމަށްވާ އެޗްއެންކޭ ސިބެނިކް އެފްސީއަށް ސޮއިކޮށްފިއެވެ.
ކުރިން އިންޑިއާ ސުޕަ ލީގުގެ ކެރެލާ ބްލާސްޓާސްއާއި ސްޕޯޓިން ގޯއާ އަދި ބެންގަލޫރު އެފްސީއާއި އޭޓީކޭ މޯހަން ބަގާންއަށްވެސް ކުޅެފައިވާ އުމުރުން 28 އަހަރުގެ ޑިފެންޑަރު ސަންދޭޝް ވަނީ ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެންވެސް ގިނަ މެޗުތަކެއް ކުޅެފައެވެ. ހާއްސަކޮށް އޭނާއަކީ އިންޑިއާ ގައުމީ ޓީމުގެ އެންމެ މުހިއްމު ޑިފެންޑަރެވެ.
ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ވަރުގަދަ އެއް ގައުމު ކަމަށްވާ ކްރޮއޭޝިއާގެ ފުރަތަމަ ޑިވިޝަނަށް ސަންދޭޝް ގޮސްފައި ވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އަދި ކޮންޓްރެކްޓުގައިވާ ގޮތުން ސަންދޭޝްގެ ކުޅުމަށް ބަލައި، އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާކުރުމުގެ ބާރު ކްލަބަށް އޮންނާނެއެވެ.
ސިބެނިކަކީ މިދިޔަ ސީޒަންގައި ކްރޮއޭޝިއާ ލީގުގެ ހަވަނަ ހޯދި ޓީމެވެ. އެޓީމުން 2009-10 ވަނަ އަހަރު ސީޒަންގައި ލީގުގެ ހަތަރުވަަނަ ހޯދައި، ޔޫރޮޕާ ލީގުގައިވެސް ކުޅެފައިވެއެވެ. 2019-20 ވަނަ އަހަރުގެ ސީޒަންގައި ކްރޮއޭޝިއާ ދެވަނަ ޑިވިޝަން ކާމިޔާބުކޮށް ސިބެނިކުން ފުރަތަމަ ޑިވިޝަނަށް އައިސް ދަނީ އެވަރެޖު ރަނގަޅު ސްކޮޑެއް ހިފަހައްޓަމުންނެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ