އޮޅުވާލައިގެން މީހެއްގެ އަތުން ދޮޅުލައްކަ ރުފިޔާ ހޯދި މީހަކު ފުލުހަށް ހާޒިރުވުމަށް އަންގައި ވަނަވަރު ހާމަކޮށްފި އެވެ.
މި މައްސަލާގައި ފުލުހަށް ހާޒިރުވުމަށް އަންގައި ވަނަވަރު ހާމަކޮށްފައިވަނީ ކ. ކާށިދޫ، ގަސްފިނޮޅު، މުހައްމަދު އުނައިސް (31އ) އެވެ.
ފުލުހުން ބުނީ މަކަރާއި ހީލަތުން މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް އުނައިސް ހާޒިރުކުރުމަށް ބޭނުން ވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރު ވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން އޭނާ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
ފުލުހުން ބުނީ މީނާ ފުލުހަށް ހާޒިރުކުރަނީ ފޯނުން ގުޅައިގެން މަކަރާއި ހީލަތުން މީހެއްގެ އަތުން 150،000ރ. ހޯދާފައިވާ މައްސަލައެއްގައި ކަމަށެވެ.
ފުލުހުން ބުނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު، އުނައިސް ތ. ގުރައިދޫ ޕޮލިހަށް ނުވަތަ އެންމެ ކައިރީގައި ހުރި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.
މަކާރާއި ހީލަތުން މީހުންނަށް ގުޅައި ފައިސާ ހޯދުމުގެ މައްސަލަ މިހާރު އިތުރުވެފައިވާތީ މިކަމަށް ސަމާލުވުމަށް ކަމާބެހޭ މުއައްސަސާތަކުން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު