ޝާހްރުކް ހާންގެ ދަރިފުޅު ސުހާނާ ހާން ބޮލީވުޑަށް ނުކުންނާނީ ޒޯޔާ އަހްތަރުގެ ފިލްމަކުން ކަމަށް ހަބަރުތައް ބުނެފި އެވެ.
ފިލްމު ޕްރޮޑިއުސަރު ޒޯޔާ އަހްތަރު އަންނަނީ ނެޓްފްލިކްސްގައި ރިލީސްކުރާ ގޮތަށް އާޗީ ކޮމިކްސްގެ ހިންދީ ފިލްމެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ކަމަށާއި އެ ފިލްމުގެ މުހިއްމު ރޯލެއް ޝާހްރުކް ހާންގެ ދަރިފުޅު ސުހާނާ ހާން އަށް ހުށަހަޅާފައިވާ ކަމުގައި ރިޕޯޓުތައް ބުނެ އެވެ.
ރިޕޯޓުތައް ބުނަނީ ޒޯޔާގެ ފިލްމަށް ޒުވާން މޫނުތަކެއް ހޮވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ފިލްމުގެ މައިގަނޑު ރޯލު ސުހާނާ އަށް ހުށަހަޅާފައިވާ ކަމަށެވެ.
ސުހާނާ ހާން އަދި ބޮލީވުޑަށް ތައާރަފުވެފައި ނުވިނަމަވެސް، އެކްޓުކުރުމުގެ ޝައުގުވެރިކަން އޭނާ ފާޅުކޮށްފައިވާ ކަމަށް މީގެ ކުރިން ޝާހްރުކް ހާން ވަނީ ބުނެފައެވެ. ކުރު ބައެއް ފިލްމުތަކުގައި ސުހާނާ ވަނީ ހަރަކާތްތެރި ވެފައެވެ. ''ދަ ގްރޭ ޕާޓް އޮފް ބްލޫ'' ކިޔާ 10 މިނިޓުގެ ކުރު ފިލްމެއްގައި ސުހާނާ ދައްކައިދިން ހުށަހެޅުމަށް މީސް މީޑިއާގައި ގިނަ ބަޔަކު ވަނީ އޭނާއަށް ތައުރީފު ކޮށްފައެވެ.
އާޗީ ކޮމިކްސް އަސްލަކަށް ބަލައިގެން ޒޯޔާ އުފައްދަން އުޅޭ ހިންދީ ފިލްމުގައި މި ކޮމިކުގެ ކެރެކްޓާތައް ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމުގައި ފިލްމާ ގުޅޭ ގޮތުން މީޑިއާގައި ވާހަކަ ހިއްސާ ކުރި ފަރާތަކުން ބުނެއެވެ. އަދި މިފިލްމުން ސުހާނާއަށް ފުރުސަތު ދީފައިވީ ނަމަވެސް، އޭނާ މި ފިލްމުން ފެނިގެންދާނެ ކަން އަދި ކަށަވަރު ކުރެވެން އަންނަނީ ސުހާނާ އަދި ޝާހްރުކްހާންގެ ފަރާތުން އެކަން ޔަގީންކޮށްދިނުމުން ކަމުގައި ވަނީ ފާހަގަކޮށްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން