ޓެރަރިޒަމާ ގުޅުން ހުރި އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމުގެ އޮނިގަނޑު އެކުލަވާލައިފި އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ހޯމް މިނިސްޓްރީން އެކުލަވާލަން ޖެހޭ ޓެރަރިޒަމާާ ގުޅޭ އިންޓެލިޖެންސް ހިއްސާކުރުމުގެ އޮނިގަނޑު އެކުލަވާލައި، މައުލޫމާތު ހިއްސާކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ މިނިޒާމު އިތުރަށް ހަރުދަނާކޮށް ރައްކާތެރިކަމާއެކު އަވަހަށް މިފަދަ މައުލޫމާތު ހިއްސާކުރުމާއި އެފަދަ މައުލޫމާތު ދިރާސާ ކުރުމުގެ ގާބިލުކަން މުއައްސަސާތަކުގައި އިތުރު ކުރުމަށް ކުރަން ޖެހޭ އިތުރު މަސައްކަތް ކުރިއަށް އޮތްތަނުގައި ކުރަމުން ދާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ވަނަ ކޮމިޓީން ހިންގި އިންކުއަރީ އިން އިންޓެލިޖެންސް އިދާރާތަކުގައި ބޮޑެތި މައްސަލަތައް ހުރިކަން ވަނީ ފާހަގަކޮށްފަ އެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައިވާ ގޮތުން އިންޓެލިޖެންސް އިދާރާތަކަކީ އެމްއެންޑީއެފާއި، ކަސްޓަމްސް އާއި އިމިގްރޭޝަނާއި ފުލުހުން އަދި އެމްއެމްއޭ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު