ޝިލްޕާ ޝެޓީ ނުކުންނާނެ އިރެއްގެ އިންތިޒާރުގައި ތިބި ކަމަށް އެ ޝޯގެ ޖަޖު އަނުރާގު ބާސޫ ބުނެފިއެވެ.

މިއަހަރުގެ ސުޕަ ޑާންސާ4 ގެ ޖަޖުންގެ ގޮތުގައި ހިމެނޭ އަނުރާގު ބާސޫ، ގީތާ ކަޕޫރު އަދި ޝިލްޕާ ޝެޓީ އަކީ 2016 އިން ފެށިގެން މި ޝޯގައި ބައިވެރިވަމުން އަންނަ ތިން ޖަޖުންނެވެ.

ފިރިމީހާ ރާޖް ކުންދުރާ ހައްޔަރުކުރިފަހުން ޝިލްޕާ ޝެޓީ ވަނީ ސުޕަޑާންސާ އިންވެސް ގެއްލިފައެވެ. އަނުރާގު ބުނާ ގޮތުގައި ޝިލްޕާ މަތިން ވަރަށް ހަނދާންވާ ކަމަށާއި، އޭނާ ނުކުންނާނެ އިރެއްގެ އިންތިޒާރުގައި ތިބިކަމަށް ވަނީ ބުނެފައެވެ.

ހިންދުސްތާން ޓައިމްސް އާ ވާހަކަ ދައްކަމުން އަނުރާގު ބުނެފައިވަނީ އެ ޓީމަކީ ވަރަށް ގާތް ކޮށް މަސައްކަތްކުރާ ޓީމެއް ކަމަށެވެ.

''އަހަރެމެން އެންމެންނަކީ ކުޑަ ކުޑަ އާއިލާއެއް. އެތަނުން އެކަކު ނެތުމުންވެސް ވަރަށް ދަތިވެގެން ދޭ، ޝިލްޕާ އަކީ ވަރަށް ގާތް މީހެއް'' އަނުރާގު ވަނީ ބުނެފައެވެ.

އެޝޯއާ ޝިލްޕާ ގުޅޭނެ އިރެއް އެނގޭތޯ ސުވާލުކުރުމުން އަނުރާގު ބުނެފައިވަނީ ޝިލްޕާ ސުޕަޑާންސާ އާ ގުޅޭނެ އިރެއް ނޭނގޭ ކަމަށެވެ. ޝިލްޕާއަށް އޭނާ މެސެޖު ކުރުމުންވެސް ޖަވާބު ނުދޭ ކަމަށާއި ނަމަވެސް ވީ އެންމެ އަވަހަކަށް ޝޯއާ ގުޅޭނެ ކަމުގެ އިންތިޒާރުގައި ތިބި ކަމަށް އަނުރާގު ވަނީ ބުނެފައެވެ.