އިންޑިއަން އައިޑޮލް 12 ޕަވަންދީޕް ރަޖަން ކާމިޔާބުކޮށްފިއެވެ.

އަށް މަސްދުވަހަށް ދެމިގެންދިޔަ އިންޑިއަން އައިޑޮލް 12 ގްރޭންޑް ފިނާލޭ ރޭ ކުރިއަށްދިޔައިރު، އައިޑަލްއަށް ހޮވުނު ލަވަކިޔުންތެރިޔާ އިއުލާންކުރީ ރޭގަ ހަފުލާގެ ތެރެއިންނެވެ.

އޮޑިޝަނުން ފެށިގެން ގްރޭންޑް ފިނާލޭއާއި ހަމައަށް އައިއިރު ޕަވަންދީޕް ވަނީ ގިނަބައެއްގެ ސަމާލުކަން ހޯދައިފައެވެ.

އިންޑިއަން އައިޑޮލް 12 ގެ ޓައިޓަލް އާއެކު ޕަވަންދީޕަށް ވަނީ އިނާމެއްގެ ގޮތުގައި 25 ލައްކަ އިންޑިއާ ރުޕީސް (33،685 އެމެރިކާ ޑޮލަރު) ގެ އިތުރުން ކާރެއް ލިބިފައެވެ. އަރުނިތާ އަދި ސައިލީ ކަމްބަލް ވަނީ އައިޑޮލްގެ ފުރަތަމަ އަދި ދެވަނަ ރަނަރަޕަށް ހޮވިގެން ގޮސްފައެވެ.

ޕަވަންދީޕް އިންޑިއަން އައިޑޮލް ކާމިޔާބު ކުރި އޭނާ ފާހަގަ ވެގެން ގޮސްފައި ވަނީ ލަވަކިޔުމުގެ އިތުރުން ހުރިހާ ވައްތަރެއްގެ މިޔުޒިކް ސާމާނު އަމިއްލައަށް ކުޅެމުންވެސް ލަވަކިޔާ ފަންނާނެއްގެ ގޮތުގަ އެވެ.