ގއ. ދާންދޫގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ހަތް މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ދާންދޫގައި ހަށިވިއްކާ ކަމަށް ބުނެ ލިބުނު ރިޕޯޓަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދާންދޫ ގެއެއް ބަލައި ފާސްކޮށް ހަތް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މި ހަތް މީހުންގެ ތެރޭގައި 20 އަހަރުގެ ދިވެހި އަންހެނަކާއި 24 އަހަރުގެ ދިވެހި އަންހެނަކާއި 30 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި ފިރިހެނެއް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. އަދި 25،26،27 އަހަރުގެ ތިން ބިދޭސީ ފިރިހެނަކުވެސް މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ކަމަށް ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ހައްޔަރު ކުރި މީހުންނަކީ ހަށިވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ބައެކެވެ. އަދި މި ދެ އަންހެނުންނަކީ ދާންދޫ އަށް ނިސްބަތްވާ އަންހެނުން ނޫން ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު