ޑެލްޓާ ވޭރިންއަންޓުގެ ސަބަބުން އެމެރިކާގައި އެނދުމަތި ކުރާ ކުޑަކުދިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.
ކޮވިޑް ޖެހިފައިވާ 1900 އަށްވުރެ ގިނަ ކުޑަކުދީންނަށް އެމެރިކާގެ ހޮސްޕިޓަލު ތަކުގައި ފަރުވާދެމުން އަންނަ ކަމުގައި އެގައުމުން ވަނީ ރިޕޯޓުކޮށްފައެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ހިއުމަން ސާވިސަސް (އެޗް.އެޗް.އެސް) އިން ހޮނިހިރު ދުވަހު އާއްމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮވިޑު ޖެހިފައިވާ 1902 ކުއްޖަކު އެނދުމަތިކުރެވި ފަރުވާދެމުން އަންނަ ކަމަށާއި، މިއީ އެނދުމަތި ކޮށްގެން ފަރުވާ ދޭ ޖުމުލަ އާބާދީގެ 2.4 އިންސައްތަ ކަން ވަނީ ހާމަކޮށްފައެވެ.
ބާރަ އަހަރުން ދަށުގެ ކުދީންނަށް ކޮވިޑް ވެކްސިން ދެވެން ނޯންނައިރު، ކުޑަކުދިންނަށް ޑެލްޓާ ވޭރިއަންޓު ޖެހޭ އަދަދު ވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
އެމެރިކަން އެކެޑެމީ އޮފް ޕީޑިއަޓްރިކްސްގެ ކުރީގެ ރައީސް ސެލީ ގޯޒާ ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ މިއީ މިދިޔަ އަހަރު ފެތުރުނު ކޮވިޑަށްވުރެ ކުޑަކުދީންނަށް އެތައް ގޮތަކުން ނުރައްކާތެރި މާ ބާރުގަދަ ވޭރިއަންޓެއް ކަމަށެވެ.
ވައިޓް ހައުސްގެ ޗީފް މެޑިކަލް އެޑްވައިޒަރު ޑރ. އެންތަނީ ފައުޗީ ވަނީ މިފަހަރުގެ ހާލަތާ ބައްދަލުވެފައިވަނީ ގިނަ އަދަދެއްގެ މީހުން ވެކްސިން ޖެހުމަށް ފަރުވާ ކުޑަކުރުމުގެ ސަބަބުން ކަމުގައި ތުހުމަތު ކުރައްވައިފައެވެ. އެމެރިކާގެ 50.5 ޕަސެންޓު މީހުން ވެކްސިން ފުރިހަމަކޮށްފައިވާއިރު، ސެންޓާ ފޮ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެއް ޑޯޒު ޖަހާފައިވާ މީހުންގެ ޖުމުލަ އަކީ 59.4 އިންސައްތަ އެވެ.
ވެކްސިން ޖެހުން މަޖުބޫރު ކުރުމާމެދު އެމެރިކާގައި ވަނީ ބޮޑު ބަހުސެއް ފަށައިފަ އެވެ. މިދިޔަ ހަފުތާގައި ކެލިފޯނިއާ ސްޓޭޓުގައި ވަނީ ތައުލީމީ ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ މުވައްޒަފުން ވެކްސިން ޖެހުމަށް މަޖުބޫރުކޮށް ނުވަތަ ގަވައިދުން ކޮވިޑަށް ޓެސްޓްކުރަމުން ގެންދިއުމަށް ނިންފައިފަ އެވެ. މި ނިންމުން ނިންމަވައިފައި ވަނީ ކެލިފޯނިއާ ސްޓޭޓުގެ ގަވަރުނަރެވެ.
އެމެރިކާގެ ޓީޗަރުންގެ އިއްތިހާދު ނެޝަނަލް އެޑިއުކޭޝަން އެސޯސިއޭޝަނުން ވަނީ މި ނިންމުމަށް ތާއީދުކޮށްފަ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ