ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނުރަސްމީ ޓުވިޓާ އަދި ފޭސްބުކް އެކައުންޓް ނަން، އެލެކްސް އަހްމަދުގެ ނަމުގައި ކްލަބް ހައުސްގައި އުޅެނީ އެމަނިކުފާނު ނޫން ކަމަށް ވިދާޅުވެއްޖެ އެވެ.

މި ފަހުން ރާއްޖޭގައި މަޝްހޫރު ވި ކްލްބަ ހައުސްގައި ވެސް ޝަހުސު އޮޅުވާލައިގެން ފޮޓޯއާއި އަޑު އަދި އެހެން މީހުންގެ ފޮޓޯ ބޭނުންކޮށްގެން އެކި ފޯރަމް ތަކުގައި ވާހަކަ ދައްކަމުން އަންނަ މައްސަލަ ދަނީ ބޮޑުވަމުންނެވެ.

އެގޮތުން ޓިނު ގޮޅިއެއްގެ ފޮޓޯ ޖަހައިގެން އަނެއް ދިވެހިރާއްޖެ ޔޫޒާ ނޭމްގައި ޓުވިޓާގައި ހަރަކާތްތެރިވާ އެލެކްސް އަހްމަދު ނުވަތަ ރައީސް ނަޝީދުގެ ނަމުގައި ވެސް ކްލްބް ހައުސްގައި އަންނަނީ އެކައުންޓެއް ބޭނުން ކުރަމުންނެވެ.

އެކަމާ ގުޅިގެން އެލެކްސް އަހްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާއޭ ކިޔައިގެން ކޮންމެވެސް މީހަކު ކްލަބް ހައުސްގައި ވަރަށް ބޮޑަށް ފިތުނު އުފައްދާ ކަމަށާއި، އޭނާގެ ކްލަބް ހައުސް އެކައުންޓެއް ނޯންނާނެ ކަމަށެވެ.

"އަނެއް ދިވެހިރާއްޖެއާ އެލެކްސް އަހްމަދު އަކީ އަޅުގަނޑުގެ ޓުވިޓާއާ ފޭސްބުކް އެކައުންޓް. ކްލަބް ހައުސްގައި ކާކު ކަމެއް ނޭނގެ. މިކަން ސާފުކޮށްދިނުން ވަރަށް އެދެން،" އެލެކްސް މިއަދު ކުރެއްވި ޓުވީޓްގައި ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދުގު ނަމުގައި އެމަނިކުފާނުގެ ރަސްމީ ކްލަބް ހައުސް އެކައުންޓެއް ހަދާފައިވާއިރު އަޑާއި ފޮޓޯ ބަދަލުކޮށްގެން އެލެކްސް އަހްމަދު ނޫން އެހެން ނަމެއްގައި ވާހަކަ ދައްކަވާ ފަރާތަކީ ރައީސް ނަޝީދު ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

ރައީސް މުހައްމަދު ނަޝީދުގެ ރަސްމީ ޓުވީޓާ އެކައުންޓުން ވެސް މިއަދު ވަނީ މި ކަމާ ގުޅޭ ގޮތުން ޓުވީޓެއް ކުރައްވައިފަ އެވެ. އެ ޓުވީޓުގައި ވިދާޅުވީ އެމަނިކުފާނުގެ ނަމުގައި ކްލަބް ހައުސްގައި އޮންނަ އެކައުންޓުގެ ނަމަކީ "މުހައްމަދު ނަޝީދު" އެކަނި ކަމަށެވެ.