ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ފުރިހަމަ ކުރާ ފަރާތްތަކަށް ހާއްސަ ޑިޖިޓަލް ޕާސްޕޯޓެއް ތައާރަފު ކޮށްފި އެވެ.
މި ޕާސްޕޯޓު ވެކްސިން ފުރިހަމަކޮށްފައިވާ ކޮންމެ މީހަކަށް "ކޮވިޑްސޭފް.އެމްވީ" ޕޯޓަލް އިން ލިބޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. މި ޕޯޓަލްއިން ވެކްސިނާ ގުޅޭ މައުލޫމާތާއި ކޮވިޑް ޓެސްޓް ހަދާފައިވާ ދުވަސްތަކުގެ މައުލޫމާތުވެސް ފެންނަން ހުންނާނެ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ. އަދި ރާއްޖޭގެ އިތުރުން ބޭރުގެ ގައުމުތަކަށްވެސް އިތުރު ލިޔެކިޔުމެއް ނެތި މި ޕާސްޕޯޓުގައި ދަތުރުކުރެވޭނެ އެވެ.
އެޗްޕީއޭ އިން ބުނީ މި ޕޯޓަލްގައި ހުންނަ މައުލޫމާތަކީ އެ އިދާރާގެ ކޮވިޑް ދިފާއު ޕޯޓަލްއިން އެއްކުރެވިފައިވާ މައުލޫމާތު ކަމަށާއި އިތުރު ފަރާތަކަށް މި މައުލޫމާތު ހިއްސާކުރެވޭނީ އެމީހެއް ހުއްދައާ އެކު ކަމަށެވެ.
ޑިޖިޓަލް ޕާސްޕޯޓު އިއްޔެ ތައާރަފު ކޮށްފައިވާއިރު ވެކްސިން ނުޖަހާ މީހުންނަށް ބައެއް ހިދުމަތްތައް ނުދިނުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ކެފޭ ރެސްޓޯރަންޓްތަކާއި، ސްކޫލާއި އަދި ސަރުކާރުގެ ބައެއް އިދާރާތަކުން ހޯދަން ޖެހޭ ހިދުމަތްތައް ނުލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު