ގއ. ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައފި އެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.
މި މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިންހިއްކުމާއި، 1238 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.
ޖުމުލަ 350 ދުވަސްތެރޭ މަސައްކަތް ނިންމައި ހަވާލު ކުރުމަށް އެމްޓިސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 186.6 މިލިއަން ރުފިޔާ އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު