ރިޝީގެ އުފަންދުވަހާ ދިމާކޮށް ''ޝަރްމާ ޖީ ނަމްކީން'' ރިލީސް ކުރަން ހަމަޖެހިފައިވާ ކަމަށް ޖޫހީ ޗާވްލާ ބުނެފިއެވެ.
ޝަރްމާ ޖީ ނަމްކީން އަކީ ރިޝީ ކަޕޫރު މަރުވުމުގެ ކުރިން އެންމެފަހުން މަސައްކަތް ކުރަމުން ދިޔަ ފިލްމެވެ.
އިންޑިއަން އެކްސްޕްރެސް އަށް ދިން އިންޓަވިއުއެއްގައި ފިލްމުގެ ބަތަލާ ޖޫހީ ބުނެފައިވަނީ އެ ފިލްމު ރިލީސްކުރުމަށް ހަމަޖެހިފައިވަނީ ރިޝީގެ 69 ވަނަ އުފަންދުވަހާ ދިމާކޮށް އަންނަ މަހު ސެޕްޓެމްބަރު 4 ގައި ކަމަށެވެ.
ކޮވިޑުގެ ސަބަބަން މިދިޔަ އަހަރު ފިލްމު ޝަރްމާ ޖީ ނަމްކީންގެ ޝޫޓިންތައް މެދުކަނޑާލާފައިވަނީ ފިލްމުގެ ބައެއް ރިޝީ ފުރިހަމަކޮށްފައި ވަނިކޮށެވެ. ރިޝީ ކަޕޫރު ވަނީ ދެ އަހަރު ދުވަހު ކެންސަރު ބަލީގައި އުޅުމަށްފަހު މިއަހަރުގެ އެޕްރިލް 30 ގައި މަރުވެފައެވެ.
ރިޝީ މަރުވުމާ ގުޅިގެން ފިލްމު ފުރިހަމަ ކޮށްފައިވަނީ ޕަރެޝް ރަވަލް އާ އެކުގައެވެ. މިދިޔަ އަހަރުގެ ޖެނުއަރީގައި ފިލްމުގެ ކާސްޓުން އެއްކޮށް ދިއްލީއަށް ދަތުރުކޮށް ރިޝީ އާއެކު ގިނަ މަންޒަރުތަކެއް ކުޅެފައިވާ ކަމަށް ޖޫހީ ވަނީ ބުނެފައެވެ. އަދި އެމަހުގެ ފަހުކޮޅު ޝޫޓިންތައް މެދުކަނޑާލާފައި ވަނިކޮށް ރިޝީގެ ބަލި ހާލަތު ބޮޑުވެގެންގޮސް އޭނާ ވަނީ ދުނިޔެ ދޫކޮށްފައެވެ.
ފިލްމާ ގުޅޭ ގޮތުން ޖޫހީ ބުނެފައިވަނީ ފިލްމުގެ ސްކްރިޕްޓަކީ ސީދާ ރިޝީއަށް ތައްޔާރު ކޮށްފައިވާ ސްކްރިޕްޓެއް ކަމަށާއި، ލޯ މަރާލިއަސް ރިޝީ ފުރިހަމަކަމާއެކު އެ ކެރެކްޓާ ކުޅެލާތަން ސިފަވާ ކަމަށެވެ.
ރިޝީ ކަޕޫރު އަދި ޖޫހީ އަކީ 1990ގެ އަހަރުތަކުގައިވެސް ބައެއް ފިލްމުތަކުގައި އެކުގައި މަސައްކަތްކޮށް ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޖޯޑެކެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން