ކޮންޓެއިނަރެއްގެ މަތިން ވެއްޓި އެމްޕީއެލްގެ މުވައްޒަފަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިރޭ 9:30 ހާއިރެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، މަސައްކަތެއް ކުރަން އުޅުމުގެ ތެރޭގައި ކޮންޓެއިނަރެއްގެ މައްޗަށް ވެއްޓި އޭނާގެ ކަނާއަތު އުޅަބޮށި ވަނީ ނެއްޓިފައެވެ.

މިހާރު ހޮސްޕިޓަލުގައި އޭނާއަށް ފަރުވާދެމުން އަންނަ އިރު، ބޮލަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށް ސީޓީ ސްކޭނެއް ހެދުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

އޭނާ ވެއްޓުނީ ދިހަ ވަރަކަށް ފޫޓު މަތިންނެވެ.