އުރީދޫ އަތޮޅު ދުވުމުގެ ދުވުން ފުރިހަމަ ކުރުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.
އުރީދޫން ބުނީ ސްކޫލު ބަންދާއި މޫސުމީ ހާލަތާ ގުޅިގެން ދުވުން ފުރިހަމަކުރުމަށް ވަގުތު އިތުރުކުރުމަށް ގިނަ ދުވުންތެރިން އެދިފައިވުމާއެކު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އަތޮޅު ދުވުމުގެ ވަގުތު އިތުރު ކޮށްފައިވާ ކަމަށެވެ.
ދުވުމުގައި ބައިވެރިވާ ފަރާތްތަކުން ފަސް ކިލޯމީޓަރު އަދި ދިހަ ކިލޯމީޓަރުގެ ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބު ނުވަތަ ރަންކީޕާ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކޮށް، ނިންމާފައިވާ ރަން ރޫޓްގެ ސްކީންޝޮޓް، ކޮންފަމޭޝަން މެސެޖާއެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ލިބޭނެއެވެ.
ދުވުން ފުރިހަމަ ކުރާ ފަރާތްތަކުން "ރަން މޯމެންޓްސް" އަދި ޑިޖިޓަލް މެޑަލް ފޭސްބުކް، އިންސްޓަގްރާމް އަދި ޓުވިޓާގައި ޝެއާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތުވެސް އުރީދޫން ވަނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. ސޯޝަލް މީޑިއާގައި ޝެއާ ކުރާ އިރު، އުރީދޫ މޯލްޑިވްސްގެ އެކައުންޓް ޓެގްކޮށް #OoredooAtholhuDhuvun ހޭޝްޓެގް ބެނުންކުރަން ޖެހޭނެ ކަމަށް އުރީދޫން ބުންޏެވެ.
ނަސީބުވެރި ފަރާތްތަކަށް ލިބޭ އިނާމުތަކުގެ ތެރެއިން ރަން މޯމަންޓްސް ޝެއާ ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތްތަކަށް މަމަކް ރެސްޓޯރެންޓުން ދެ މީހަކަށް ކެއުން އަދި ލަ ވެރާ ޕިޒޭރިއާ އިން ދެމީހަކަށް ޕިއްޒާ ލިބިގެންދާނެއެވެ،
ޑިޖިޓަލް މެޑަލް ޝެއާ ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތްތަކަށް ލި ޕާފިއުމްގެ ފަރާތުން ގިފްޓް ޕެކަކާއި ޕިއްޒާ ކިޗަންއިން ޕިއްޒާއެއް ލިބޭނެއެވެ.
މީގެ އިތުރުން ދުވުން ފުރިހަމަކޮށް ޑިޖިޓަލް މެޑަލް ލިބުމުން ފިޒިކަލް މެޑަލް ބޭނުންވާ ފަރާތްތަކަށް ކުޑަ އަގަކާއެކު މޫލީ މެދުވެރިކޮށް އަޕްގްރޭޑްކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރިނަމަވެސް ހިލޭ ޑެލިވާކޮށްދޭނެއެވެ.
އުރީދޫ އަތޮޅު ދުވުމަކީ އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިވެންޓެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު