ދިވެހި ޓެކްސީ ޑްރައިވަރަކަށް ހަމަލަދީ މަރާލުމަށް މަސައްކަތް ކުރި އިންޑިއާ މީހާގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފި އެވެ.
މަސްތުގެ ހާލަތުގައި ހުރެ ޑުރައިވަރަށް ހަމަލާ ދީފައިވަނީ ރޭގެ ވަގުތެއްގަ އެވެ. އެ ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގެ ނިރޮޅު މަގުގަ އެވެ.
އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަކަށް އަމާޒުކޮށް ފުރާނައަށް ނުރައްކާ ވާ ފަދަ ހަމަލާއެއް ދޭން އުޅުނު މައްސަލައެއް ރޭ 12:33 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލައާ ގުޅިގެން 25 އަހަރުގެ އިންޑިއާ ޒުވާނަކަ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މަސްތުގައި ހުރި އެ ޒުވާނާ ޓެކްސީ ޑްރައިވަރަށް ހަމަލަދީ އޭނާ ލައިގެން ހުރި ގަމީސް ބޭލުމަށްފަހު ޓެކްސީ ޑްރައިވަރުގެ ކަރުގައި އޮޅުމުން ދުއްވަމުންދިޔަ ޓެކްސީ ކޮންޓްރޯލުން ނައްޓައި މަގުގައި ހުރި ސައިކަލްތަކަކަށް ވަނީ އަރާފަ އެވެ.
އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މީގެ ކުރިން ވަނީ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރެއްގެ ކަރަށް ވަޅި ހަރައި މަރާލައިފަ އެވެ. އެ ހާދިސާ ހިނގާފައިވަނީ ޓެކްސީ ޑްރައިވަރުގެ އަތުން ފޭރެން އުޅުމުގެ ތެރޭގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު