ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް މީގެ ކުރިން ވެސް އެ މަގާމު އަދާކުރެއްވި މަރްޔަމް ރިޝްފާ އައްޔަނު ކުރައްވައިފި އެވެ.
މީގެ ކުރިން 2016 ވަނަ އަހަރުން ފެށިގެން މި އަހަރާ ހަމައަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަން ވެސް އަދާކުރެއްވި ރިޝްފާ އަލުން އަނެއްކާ އެ މަގާމަށް އައްޔަނު ކުރައްފައިވަނީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މިއަދު އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ރިޝްފާ އައްޔަނު ކުރެއްވުމަށްފަހު ވަނީ އެ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ކުރައްވާފަ އެވެ. އަދި، މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ ރިޝްފާއަށް ދެއްވައިފަ އެވެ.
ޕާރޓް-ޓައިމް ލެކްޗަރަރ އެއްގެ ގޮތުގައި ގައުމީ ޔުނިވަސީޓގެ ދަރިވަރުންނަށް ކިޔަވައި ދެއްވުމުގައި ވެސް ހަރަކާތްތެރިވެވަޑައިގެންފައިވާ ރިޝްފާ ވަނީ ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރީއާ ހާސިލުކުރައްވާފައެވެ. އަދި ބެޗްލަރ އޮފް ޝަރީއަރ އެންޑް ލޯ ވެސް ހާސިލް ކުރައްވާފައިވަނީ ވިލާ ކޮލެޖުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު