އޯޒޯން ލައިފް މާދޫ ރިސޯޓުގައި ޕެޓްރޯލް ފީފާއެއްގައި ރޯވެ ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ އޯޒޯން ލައިފް މާދޫ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށާއި އެ މީހުން ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އަނިޔާވި މީހުންގެ ތެރޭގައި ދިވެއްސަކާއި ތިން ބިދޭސީން ހިމެނޭ ކަމަށެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ސާފެއް ނުވެއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 7:13 ހާއިރު ކަމަށާއި ރޯވެފައިވަނީ ޕެޓްރޯލް ޓޭންކެއް ކައިރީ ހުރި ފީފާއެއްގައި ކަމަށެވެ. އަދި ފީފާގައި ރޯވި އަލިފާން ރިސޯޓުގެ މުވައްޒަފުން ވެގެން ނިއްވާލާފައިވާ ކަމަށް ބުންޏެވެ.
އެމްއެންޑީއެފްގެ ޓީމަކުން މިހާރު އަންނަނީ އެ ރިސޯޓުގައި ހަރަކާތްތެރިވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު