ގަޔަށް މާ ބާރު ހެދުން ލާތީ ކަމަށް ބުނެ އަންހެނެއްގެ ގަޔަށް ބަޑި ޖަހައި މަރާލިކަމުގެ ތުހުމަތު ތާލިބާނުންނާ ދެކޮޅަށް ކޮށްފިއެވެ.
ބަލްކުގެ އުތުރު ޕްރޮވިންސުގައި ތާލިބާނުން 21 އަހަރުގެ އަންހެނެއްގެ ގަޔަށް ބަޑި ޖަހާ މަރާލާފައިވަނީ، އޭނާ މާ ބާރު ހެދުން ލައިގެން އުޅޭތީއާއި ފިރިހެނަކާ ނުލައި ބޭރުގައި އުޅެފައިވާތީ ކަމަށް އަފްގާނިސްތާނުގެ ރޭޑިއޯ އާޒާދީ އިން ވަނީ ރިޕޯޓުކޮށްފައެވެ.
އަންހެން މީހާގެ ގަޔަށް ބަޑިޖަހައި މަރާލާފައިވަނީ އެ ޖަމާއަތުގެ ބާރުގެ ދަށުގައިވާ ސަމަރު ގާންދިއަން ކިޔާ އަވަށެއްގައި ކަމަށް އެ ރިޕޯޓުގައިވެއެވެ.
ބަލްކުގެ ފުލުހުންގެ ފަރާތުން މައުލޫމާތު ދޭގޮތުގައި މަރާލާފައިވަނީ 21 އަހަރުގެ ނާޒްނީން ކިޔާ އަންހެނެކެވެ. އޭނާ ގެއިން ބޭރަށް ނުކުމެފައިވަނީ ބަލްކުގެ ވެރި ރަށް މާޒެރު އެ-ޝާރިފަށް ދިއުމަށް ސަވާރީއެއް ހޯދަން ކަމަށާއި އަދި އަންހެން މީހާއަށް ހަމަލާ ދީފައިވާއިރު އޭނާ ހުރީ މޫނާއި ދެއަތްތިލަ ފޮރުވޭ ވަރުގެ ބުރުގާއެއް އަޅައިގެން ކަމުގައި ވެސް ވަނީ ބުނެފައެވެ.
ތާލިބާނުން ވަނީ އަންހެނަކު މަރާލި ކަމަށް ކޮށްފައިވާ ތުހުމަތަށް އިންކާރުކޮށް އެ ޖަމާއަތުން މިކަން ހިނގައިދިޔަ ގޮތް ބަލަމުން އަންނަ ކަމުގައި ބުނެފައެވެ.
އަފްގާނިސްތާނުގެ ގިނަ ސަރަހައްދުތައް ތާލިބާނުންގެ ބާރުގެ ދަށުގައިވާއިރު، އެތަންތަނުގެ އަންހެނުން ވަގަށް ނަގައި ތާލިބާނުންގެ ހަނގުރާމަވެރިންނާއި ކައިވެނިކުރުވާ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.
ފާއިތުވި ދެތިން ދުވަހެއްގެ ތެރޭގައި އަފްގާނު ސަރުކާރުގެ ބާރު ކެނޑި ތާލިބާނުންގެ އަތްދަށަށް ވަނީ އެގައުމުގެ ބައެއް ސަރަހައްދުތައް ގޮސްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ