ކޯވިޑް-19އިގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުން ހަރުކަށި ފިޔަވަޅުތަކަކެއް އެޅި ފުވައްމުލަކު ސިޓީގެ މޮނިޓަރިންގ އުވާލުމުން، އެ ސިޓީގައި ވެމްކޯއިން ދެމުން ގެންދިޔަ ހިދުމަތްތައް ވެސް ކުރިން ހުރި ގޮތަށް އިޔާދަކޮށްފި އެވެ.
ފުވައްމުލަކު ސިޓީ މޮނީޓަރިންގެ ހާލަތުން ނަގައި އާންމު ހާލަތަށް ގެނެސްފިއިވަނީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. އެއީ 91 ދުވަސް ފަހުންނެވެ.
އެއޭ އެކު ވެމްކޯ އިން އެ ސިޓީގައި ދެމުންގެންދިޔަ ހިދުމަތްތަކަށް ވެސް ބަދަލުގެނައިސްފައިވާއިރު، ގޭބިސީތަކުން ކުނި ނެގުމުގެ މަސައްކަތް ވެސް ކުރިއެކޭ އެއްގޮތަށް ކުރުމަށް ނިންމާފައިވާ ކަމަށް ވެމްކޯ އިން ވަނީ ބުނެފަ އެވެ.
އެގޮތުން ވެމްކޯގެ ވޭސްޓް ސެންޓަރާއި ވިޔަފާރި އަދި ކޮމާޝަލް ހިދުމަތްތަކާއި، ކެޕްސް އަދި ކެޕްސް ލައިޓް ހިދުމަތާއި، އިދާރީ އޮފީހުގެ ހިދުމަތް ހުކުރު ދުވަސް ފިޔަވައި ހަފްތާގެ ކޮންމެ ދުވަހަކު ވެސް ހެނދުނު އަށެކުން ފެށިގެން ލިބޭނެ ކަމަށް ވެމްކޯ އިން ވަނީ ބުނެފަ އެވެ. އަދި ހުކުރު ދުވަހު މެންދުރު 2:00 ފެށިގެން ހަވީރު ހައަކަށް ވޭސްޓް ސެންޓަރުގެ ހިދުމަތް ލިބޭނެ އެވެ.
ޚަބަރު
ޚަބަރު