ބިއްލޫރިޖެހިގެ ޕާކިން ޒޯނުގައި ހުރި ސައިކަލްތަކުން ވައްކަން ކުރަން މަސައްކަތްކޮށްފި އެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 6:47 ހާއިރު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ބިއްލޫރިޖެހިގެ ޕާކިން ޒޯނުގައި ހުރި ސައިކަލްތަކަކަށް ގެއްލުންދީ މަޑިދަށުން ވައްކަން ކުރުމަށް މަސައްކަތްކޮށްފައިވާ ކަމުގެ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން 12 ވަރަކަށް ސައިކަލަށް ގެއްލުންދީފައިހުރި ކަމަށް ފާހަގަކުރެވިފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ. އަދި އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު