މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރާއިރު، ގައިދުރުނުކޮށް ނަމާދު ކުރުމަށާއި ގުނޫތު ނާޒިލާ ކިޔުން ހުއްޓާލުމަށް އަންގައިފިއެވެ.
މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން މިސްކިތްތައްކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށްފަހު، އަލުން ޖަމާއަތުގައި ނަމާދު ކުރަން ހުއްދަ ދީފައިވަނީ މިދިޔަ މަހުގެ އެއް ވަނަ ދުވަހުއެވެ. ނަމަވެސް ހުއްދަ ދީފައިވަނީ ޖަމާއަތުގައި ނަމާދުކުރާއިރު، ގައިދުރުކޮށް ނަމާދު ކުރުމަށެވެ.
ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވަމުންދާތީވެ، ކޮންމެ ފަރުޟު ނަމާދެއްގައި ގުނޫތު ނާޒިލާ ކިޔަވާގޮތަށް ހަމަޖައްސާފައިވަނީ މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ މާލެ ސަރަހައްދުގައި ކޮވިޑް ފެތުރޭ މިންވަރު ކޮންޓްރޯލު ކޮށް، ކޮވިޑުގެ ހާލަތު ރަނގަޅުވުމާ ގުޅިގެން، އާންމު ރައްޔިތުންނަށް ވަރަށް ގިނަ ކަންތައްތަކެއްގައި ލުއިތައްދީ ވަރަށް ބޮޑަށް ހުޅުވާލާފައިވާ ކަމަށެވެ.
"އެހެންކަމުން މިސަރަހައްދުގެ މިސްކިތްތަކުގެ ޖަމާއަތް، ގައިދުރުކޮށްހެދުމާއި އަދި ޖަމާއަތުގެ ނަމާދުތަކުގައި، ކޮވިޑްގެ ހާލަތާ ގުޅިގެން ކިޔަމުން އައި ގުނޫތު ނާޒިލާ ކިޔުން މިރޭގެ ފަތިސް ނަމާދުން ފެށިގެން މަޑުޖައްސާލުމަށް ދަންނަވަން،" ބަޔާނުގައިވެއެވެ.
މިނިސްޓްރީން ބުނީ ޖަމާއަތުގެ ނަމާދުތަކުގައި ގުނޫތުނާޒިލާ ކިޔުން މިވަގުތަށް ހުއްޓާލި ކަމުގައިވިޔަސް، ފަރުޟު ނަމާދުތައް ބަރާބަރަށް އަދާކޮށް، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ގުރްއާން ކިޔަވައި، އިސްތިޣްފާރު ގުރްއާން ކިޔަވައި، އިސްތިޣްފާރު ކުރުމަށެވެ. އަދި ބަލިމަޑުކަމުން އަވަހަށް ސަލާމަތް ކޮށްދެއްވުމަށާއި ގައުމުގެ އިގުތިސޯދީ ހާލަތު ރަނގަޅު ކޮށްދެއްވުން އެދި ގިނަގިނައިން ދުއާކޮށް އުޅުމަށް މިނިސްޓްރީން ވަނީ ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.
މިނިސްޓްރީން ވަނީ މިސްކިތްތަކުގައި ތިބޭ ވަގުތު ތަކުގައްޔާއި ބޭރުގައި އުޅޭ ވަގުތުތަކުގައި މާސްކު އެޅުމަށާއި ކަމާގުޅޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ނަސޭހަތްތެރިވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު