އދ. މާމިގިލީގައި ދެ ބިދޭސީންގެ މެދުގައި މާރާމާރީއެއް ހިނގައިފިއެވެ.
ފުލުހުން މިއަދު ބުނީ މާމިގިލީގައި ދެ ބިދޭސީންގެ މެދުގައި މާރާމާރީއެއް ހިނގާފައިވާކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު 14:30 ގައި ކަމަށެވެ. އެ މާރާމާރީ ހިނގާފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ ފިރިހެނުންގެ މެދުގައެވެ.
އެ މާރާމާރީގައި އެކަކަށް އަނިޔާވެފައިވާ ކަމަށާއި އެމީހާ އަށް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މާރާމާރީގައި އެމީހާއަށް ލިބިފައިވަނީ ކިހާ ވަރެއްގެ އަނިޔާއެއް ކަމެއް ސާފެއްނުވެއެވެ. ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު