ޗައިނާގެ އުމުރުން 14 އަހަރު ގުއާން ހޮންގުޗަން ދުނިޔޭގެ ރެކޯޑަކާއެކު އަންހެން 10 މީޓަރު ޕްލެޓްފޯމް ޑައިވްއިން ރަން މެޑަލް ހޯދައިފިއެވެ.
އެ އިވެންޓްގެ ދެވަނަ ހޯދައި ރިހި މެޑަލް ހޯދީވެސް ޗައިނާގެ ޒުވާން އެތުލީޓެކެވެ. އެއީ އުމުރުން 15 އަހަރުގެ ޗެން ޔޫޒީއެވެ. މިފަހަރުގެ އޮލިމްޕިކްސްއަށް ނުކުތްއިރު، ޗެންއަކީ އެންމެފަހުގެ ޑައިވިން ދުނިޔޭގެ ޗެމްޕިއަން މަގާމުގައި ހުރި އެތުލީޓުވެސް މެއެވެ. އެހެންނަމަވެސް ދެވަނަ ބުރުން ފެށިގެން ޑައިވިން ފައިނަލްގައި ޑޮމިނޭޓްކޮށް ލީޑު ކޮށްފައި ވަނީ ގުއާންއެވެ.
ގުއާން ޑައިވް ފައިނަލް ނިންމާލީ އޯވަރޯލް 466.20 ގެ ސްކޯ އަކުންނެވެ. އެއީ ދުނިޔޭގެ ރެކޯޑެކެވެ. ޗެންގެ ސްކޯއަކީ 425.40 ޕޮއިންޓެވެ. އިވެންޓްގެ ބްރޯންޒް މެޑަލް ގެންދިޔަ އޮސްޓްރޭލިއާގެ މެލީސާ ވޫ 29، ގެ ސްކޯއަކީ 371.40 ޕޮއިންޓެވެ.
ގުއާންގެ ރަން މެޑެއްޔާއެކު ޗައިނާއިން ވަނީ އަންހެން ޑައިވިންގެ ހަތަރު އިވެންޓަކުންވެސް މެޑަލް ހޯދައިފައެވެ.
10 މީޓަރު ޕްލެޓްފޯމް ޑައިވްގައި ގުއާން އާއި ޗެން ފުރަތަމަ ބުރުގައި ހަމަހަމަކޮށް ދިޔަ ނަމަވެސް ދެވަނަ ބުރުން ފެށިގެން ގުއާން ލީޑު ކުރިއެވެ. ދެވަނަ ބުރުގައި އިވެންޓް އިންސާފުކުރި ހަތް ފަނޑިޔާރުންވެސް ވަނީ ގުއާންއަށް ފުރިހަމަ 10 ގެ ސްކޯއެއް ދީފައެވެ. އަދި ފައިނަލް ބުރުގައިވެސް ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރަކު ވަނީ ގުއާންއަށް ފުރިހަމަ 10 ދީފައެވެ. އަނެއް ފަނޑިޔާރު ދިނީ 9.5ގެ ސްކޯއެކެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު