ވެކްސިން ނުޖަހާ މީހުން އަމިއްލަ ހަރަދުގައި ރިލީސް ސާމްޕަލް ނަގަން ޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެކްސިން ނުޖަހާ މީހުންނަށް ބައެއް ކަންކަން ހަރުކަށި ކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ވެކްސިން ނުޖަހާ ދަތުރުކުރާ މީހުން ކަރަންޓީނުވުމަށް ފަހު ކަރަންޓީނުން ވީއްލުމުގެ ކުރިން ނަގަން ޖެހޭ ރިލީސް ސާމްޕަލް ދެން ނަޖަން ޖެހޭނީ އެމީހެއްގެ އަމިއްލަ ހަރަދުގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
"ކަރަންޓީންވުމަށް ފަހު ކަރަންޓީނުން ރިލީސްވުމަށް މި ނަގާ ސާމްޕަލް ދެން ނަގަން ޖެހޭނީ އެބޭފުޅެއްގެ އަމިއްލަ ހަރަދުގައި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ ކުރިން ރިލީސް ސާމްޕަލް ނަގަން އެއްވެސް އަގެއް ދައްކާކަށް ނުޖެހެއެވެ.
ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށްވެސް އަތޮޅުތެރެއަށް ދަތުރުކުރެވޭއިރު އެމީހުން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހެއެވެ. އަދި މުޖުތަމައަށް އަނބުރާ ނުކުމެވޭނީ ނަގާ ރިލީސް ސާމްޕަލްގެ ނަތީޖާ ނެގެޓިވް ނަމައެެވެ.
އެޗްއީއޯސީން ބުނި ގޮތުގައި ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 21.38 އިންސައްތައަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު