އޮސްޓްރޭލިއާގެ އެތުލީޓުން ޖަޕާނުގެ އޮލިމްޕިކް ވިލެޖު ދޫކޮށް ދިޔައިރު ކޮޓަރިތަކަށް ގެއްލުންތައް ދީފިއެވެ.
އޮސްޓްރޭލިއާގެ ބައެއް އެތުލީޓުން ކޮވިޑް ވިލެޖު ދޫކޮށް ދިޔައިރު ދިޔައީ ބައެއް އެނދުތައް ހަލާކުކޮށް، ކޮޓަރިތަކުގެ ފާރުތަކަށްވެސް ގެއްްލުން ދީފައެވެ. އެގޮތުން އެއް ކޮޓަރިއެއްގެ ފާރުން ބޮޑު ވިދެއް އަޅައި ގެއްލުން ދީފައިވާ ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ. އެކަން ވަނީ އޮސްޓްރޭލިއާގެ އެތުލީޓުންގެ ފަރާތުން އޮފިޝަލުން ވަނީ ޔަގީން ކޮށްދީފައެވެ.
އެފަދަ އަމަލުތަކެއް އޮސްޓްރޭލިއާގެ އެތުލީޓުން ފަރާތުން ފެނުނު ނަމަވެސް ރަސްމީކޮށް ޑިސިޕްލިނަރީ ފިޔަވަޅުތައް އެތުލީޓުންނަށް ނާޅާނެ ކަމަށް ކޮންޓިޖެންޓާ ހަވާލުވެ ހުރި އިއާން ޗެސްޓާމެން ބުނެފައިވެއެވެ. އޭނާ ބުނެފައި ވަނީ ކާޑުބޯޑު އެނދުފަދަ ބައެއް ކުދިކުދި ތަކެތި ހަލާކުކުރުމަކީ ބޮޑު ކަމެއް ނޫން ކަމަށާއި، އެއީ މާ ބޮޑު ގެއްލުމެއް ކަމަށް ނުދެކޭ ކަމަށެވެ.
ޗެސްޓާމެން ވަކިވަކި އެތުލީޓުންގެ ނަން މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އޮސްޓްރޭލިއާގެ އޮލިމްޕިކް ކޮމިޓީން ވަނީ އެ އެތުލީޓުންގެ މައްސަލަތައް ތަހުގީގުކުރަން ފަށައިފައެވެ. ހާއްސަކޮށް އެ މައްސަލައާ އެންމެ ބޮޑަށް ގުޅުން ހުރި އޮސްޓްރޭލިއާގެ ރަގްބީ ފެޑަރޭޝަނުން ދަނީ އެ މައްސަލަ ވަރަށް ބޮޑަށް ތަހުގީގުކުރަމުންނެވެ.
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް