ލ. ފޮނަދޫން މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެރަށާއި އެރަށާ ގުޅިފައިވާ ގަން އަނެއްކާވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ފޮނަދޫ ސިއްހީ މަރުކަޒުން ބުނީ އަލާމާތްތައް ހުރެގެން އެރަށު ފުލޫ ކްލިނިކަށް ދެއްކި މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ކޭސްއާ ގުޅިގެން އެރަށާއި އެރަށާ ގުޅިފައިވާ ގަން މިއަދު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
ފޮނަދޫ ސިއްހީ މަރުކަޒުން ދަނީ އެ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރަމުންނެވެ. އަދި އެ ކޭސްއާ ގުޅިގެން އަޅާނެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާތައް ކުރަމުންނެވެ.
ފޮނަދޫ އާއި ގަން ވަނީ މީގެ ކުރިންވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. މާންދޫ ކްލަސްޓާއާ ގުޅިގެން ގަން-ފޮނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ.
ގަން- ފޮނަދުއިން 400 އަށްވުރެ ގިނަ މީހުންނަށް އެފަހަރު ކޮވިޑް ޖެހުނުއިރު، އެ ދެ ރަށް މޮނީޓަރިންގެ ހާލަތުން ނަގާފައިވަނީ 80 ދުވަހަށް ފަހު މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު