މާލޭ ސިޓީގެ މަގުތަކުގައި ހަލާކުވެގެން މަގުމައްޗަށް ދޫކޮށްފައިވާ އެއްގަމު އުޅަނދުތަކާއި ނުދުއްވާ ގިނަދުވަސްވެފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ، ހަތަރު ފުރޮޅުލީ އުޅަނދު ނެގުމުގެ މަސައްކަތް ފަށާފައިވަނީ މައްޗަންގޮޅި ފާށަނާކިލެގެފާނު މަގުން ކަމަށާއި އަދި ދެ ފުރޮޅުލީ އުޅަނދުފަހަރު ނެގުމުގެ މަސައްކަތް ފަށާފައިވަނީ މައްޗަންގޮޅި ނިކަގަސްމަގުން ފެށިގެން ކަމަށެވެ.
ސިޓީ ކައުންސިލުން އިސްނަގައިގެން ފުލުހުންނާ ގުޅިގެން މާލޭ ސިޓީ މަގުތަކުގައި ހުރި ގިނަ ދުވަސްވެފައިވާ ވެހިކަލްތައް ނަގަނީ، ސާވޭ އެއް ކުރުމަށް ފަހުގަ އެވެ. ހަ ދުވަހުވެ އެ ސާވޭ ކޮށްފައިވަނީ މި އަހަރުގެ ޖޫން މަހުގެ ފަހުކޮޅު އެވެ.
އެ ސާވޭ ރިޕޯޓުން ދައްކާ ގޮތުން ގަލޮޅުން 20، މައްޗަންގޮޅިން 43، ހެންވޭރުން 34، އަދި މާފަންނުން 62 އުޅަނދު ނައްތާލަންޖެހޭކަމަށް ވަނީ ފާހަގަކުރެވިފައި ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.
މާލޭސިޓީގެ މަގުމަތީގައި ހިނގާ ބިނގާވެއުޅޭ ފަރާތްތަކާއި، ވެހިކަލް ދުއްވާ ފަރާތްތަކަށް ދަތިވާގޮތަށް ބަހައްޓާފައި ހުންނަ އެއްގަމު އުޅަނދު ފަހަރާއި އަދި ހަލާކުވެ، ނުދުއްވާ ހުންނަތާ ގިނަދުވަސްވެފައިވާ އުޅަނދު ފަހަރު މި މަސައްކަތުގެ ދަށުން ނަގާނެ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. އެހެންކަމުން މަގުމަތީގައި އެގޮތަށް ބަހައްޓާފައި ހުރި އެފަދަ އެއްގަމު އުޅަނދު ފަހަރު ނެގުމަށް އިއުލާންގައި ބަޔާންކޮށްފައިވެ އެވެ.
އުޅަނދު ފަހަރުގެ ވެރިފަރާތުން ނުނަގާ ހުންނަ އެއްގަމު އުޅަނދުފަހަރު އްގަމު އުޅަނދު ޕާކު ކުރުމުގެ ގަވައިދު” ގެ ދަށުން ނަގައި ނައްތާލާ ގޮތައް ވަނީ ހަމަޖެހިފައެވެ. މި ގޮތައް ނެގުމުގައި އުޅަނދާއި ތަކެއްޗަށް ލިބޭ ގެއްލުމާއި އެ އުޅަނދަކުން މަދުވާ ބާވަތްތަކަށް ސިޓީ ކައުންސިލުން ޒިންމާ ނުވާނެކަމަށް ބަޔާންކޮށްފައިވެ އެވެ.
މިއަދު ފެށު މަސައްކަތްކުރިއަށް ގެންދިއުމަށް ބޭނުންވާ އުޅަނދުފަހަރު ފޯރުކޮށްދީފައިވަނީ ޕްލޭނިންގް މިނިސްޓްރީން ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު