މާލޭގެ އެކި ސަރަހައްދު ތަކުގައި ޕާކިން ބިލްޑިންތައް ހެދުމަށް ބޭނުންވާ ބިންތައް އަމިއްލަ ފާރަތްތަކަށް ވަރަށް އަވަހަށް ދޫކުރަން ފައްޓަވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހއްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު "ވަން"އަށް ވިދާޅުވީ، އެ އިމާރާތްތައް އެޅުމަށް ހަމަޖެހިފައިވަނީ ކޮންސެޕްޓް ވަރަށް ތަފާތު ކޮށް ކަމަށެވެ.
އެގޮތުން އެ އިމާރާތްތައް އަޅާނީ ސަރުކާރުން އެއްވެސް ހަރަދެއް ކުރަންނުޖެހޭގޮތަށް އެތަންތަނުގައި އިންވެސްޓް ކުރުމުގެ ފުރުސަތު އަމިއްލަ ފާތްތަކަށް ދީގެން ކަމަށްވެސް ވިދާޅުވިއެވެ.
"އެގޮތަށް ހަމަޖެއްސީ، ސަރުކާރުން ހަރަދެއް ނުކޮށް ކަން ކުރެވޭނެ ގޮތެއް ހަދަން ވެގެން، ސަރުކާރު ބަޖެޓުން، ކައުންސިލަށް ފައިދާ ދެނީ، އެހެންކަމުން ކައުންސިލުން ހަރަދު ނުކޮށް އެކަން ކުރެވޭނެ ގޮތަކީ އިންވެސްޓްމެންޓެއްގޮތަށް އެކަން ކުރުން. އަޅުގަނޑުމެން ކައުންސިލުން ބިމެއް ދިނީމަ އެ ބިމުގައި އުސް އިމާރާތެއް އަޅަން، އެމީހާ އިންވެސްޓް ކުރާނީ ކައުންސިލަށް ކަނޑައަޅާ އަދަދެއްގެ ފްލޯތައް ހާއްސަ ކުރާނީ ޕާކިންއަށް. ދެން ހުރި ފްލޯތައް އޭނާގެ އިންވެސްޓް މެންޓް ކަވަރުކޮށް ޕްރޮފިޓް ހޯދުމަށް. އެއީ އެމީހާ ކުރާ ކަންތައްތަކަށް. އެއީ ވިޔަފާރި ވިޔަސް، އެޕާޓްމަންޓް ވިޔައް އަދި އެހެންކަމެއްވިޔަސް ކުރެވޭގޮތަށް،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، އެކަން ކުރެވޭނީ ބޮޑެތި އިމާރާތްތަކެއް އަޅައިގެން ކަމަށެވެ. އެގޮތުން އެފަދަ އިމާރާތްތައް ގާއިމް ކުރާނީ ކޮށި ކޮށި އެއްކޮށް، ސާޅީސްހާސް ނުވަރަ ވިހިހާސް އަކަފޫޓުގެ ބިން ބިމުގައި ކަމަަށްވެސް ވިދާޅުވިއެވެ.
އެވަރުގެ ބިން މާލޭގެ އެކި ސަރަހައްދުގައި އެބަހުރި ކަމަށާއި، އެ ބިންތައް ޖެހޭނީ އެމަށްޓަކައި ހުސްކުރަން ކަމަށްވެސް ވިދާޅުވިއެވެ.
"ފުދޭވަރެއްގެ ބޮޑެތި އިމާރާތްތަކެއް އަޅަންޖެހޭ، ސާޅީސްހާސް ނުވަތަ ވިހިހާސް އަކަފޫޓު ބިމެއްގައި ހަތަރު ފަސް ފްލޯއެއްގެ ޕާކިން ބިގެންނޫނިއްޔާ އެކަށީގެންވާ ޖާގައެއް ލިބިގެންނޫނީ ޕާކިންއަކަށް ނުދެވޭނެ،" މުއިއްޒު ވިދާޅުވިއެވެ.
ބޭނުން ވަނީ މާލޭގެ ވީހާވެސް ހިނަ ސަރަހައްދެއްގައި އެފަދަ ޕާކިން ބިލްޑިން ގާއިމް ކުރަން ކަމަށާއި، ސިޓީ ކައުންސިލާއި އިންވެސްޓަރުންނާ ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަސައްކަތަށް ސަރުކާރުން އެއްބާރުލުން ދޭނެކަަމަށް އުއްމީދު ކުރައްވާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
"މާލޭގައި އެކަމަށް ބިން އެބަހުރި އެކަ ކަންކަމަށް ބޭނުންކޮށްފަ، ހުސްކުރެވޭގޮތަށް ހުރީ،"
މުއިއްޒު ވިދާޅުވީ، ސިޓީކައުންސިލުުން ކުރިއަށް ގެންދާ އެކި ކަންކަމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށްޓަކައި، އަންނަ ހަފްތާއި ސިޓީކައުންސިލުން ފަށާ ރައްޔިތުންގެ ބައްދަލުވުންތަކުގައި، އެކަމަށް ރައްޔިތުންގެ ހިޔާލު ހޯއްދަވާނެ ކަމަށެވެ. އެއަށްފަހު އެފަދަ އިމާރާތްތައް އަޅަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު