ގެއްލިގެން ހޯދަމުންދިޔަ އދ. ކުނބުރުދޫ، ފެހިގެ، އުމުރުން 26 އަހަރުގެ އަހްމަދު ނައުފަލް ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުން ދިޔަ ނައުފަލް މިއަދު ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނައުފަލްގެ އާއިލާގެ ފަރާތުން "ވަން"އާ ވާހަކަ ދެއްކި މީހަކު މިއަދު ބުނީ، އޭނާ މިއަދު އާއިލާއަށް ގުޅާފައި މާލޭގައި ހުރި ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އޭނާއަށް ހަބަރު ނުވެވުނީ ފޯނު ހަލާކުވެގެން އުޅޭތީ ކަމަށް ބުނެފައިވާ ކަމަށްވެސް އާއިލާއިން ބުންޏެވެ.
ކަންނެލި މަސްވެރިކަމުގައި އުޅުމުގެ ތެރޭގައި ދޯނި ތެރެއަށް ވެއްޓި އަނިޔާވުމުން އޭނާ ޑޮކްޓަރަށް ދެއްކުމަށް މާލެ އައިސް 21 ވަނަ ދުވަހު ޓްރީޓްޕުން ކަށީގެ ޑޮކްޓަރަކަށް ވަނީ ދައްކާފައެވެ. އަދި އޭނާގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށް މީގެ ކުރިން އާއިލާއިން ބުންޏެވެ.
ނައުފަލްގެ ފޯނުން އެންމެ ފަހުން އޮންލައިން ވެފައިވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ. އޭނާގެ ފޯނު އެދުވަހުން ފެށިގެން ނިއްވާލާފައިވާއިރު އެންމެ ފަހުން އޭނާ ފެނުނީ ހުޅުމާލޭ ރެޑްބުލް ޕާކް ކައިރީން ދަބަހެއް އަޅއިގެން ދިޔަތަން ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
ފުލުހުން ނައުފަލް ހޯދަން އިއުލާނުކޮށްފައި އޭނާ ގެއްލިގެން ހަބަރެއް ނުވާތާ ތިން ދުވަސް ފަހުން، އިއްޔެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު