މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ސެންޓަރުތަކުން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
މި ގެނައި ބަދަލާއެކު މީރާއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މާދަމާއިން ފެށިގެން މީރާގެ ޓެކްސްޕޭޔާ ސާވިސް ސެންޓަރުންނާއި ހުޅުމާލޭ ކަލެކްޝަން ސެންޓަރުން ހިދުމަތްދޭ ވަގުތު އިތުރު ކޮށްފައިވާ ކަމަށެވެ.
އެގޮތުން ޓެކްހާއި އެހެނިގެން ފައިސާ ބަލައި ގަތުމަށް ނަމްބަރު ދޫކުރަމުން ގެންދާނީ ހެނދުނު 8:00 އިން ފެށިގެން މެންދުރު ފަހު 3:00 އަށް ކަމަށްވެސް ބުނެފައިވެއެވެ.
މީގެކުރިން އެ ހިދުމަތް ދެމުން އަކީ ހެނދުނު 9:00 އިން ފެށިގެންނެވެ.
ޓެކްސްޕޭޔާ ސާވިސް ސެންޓަރުގެ ރަޖިސްޓްރޭޝަން ކައުންޓަރުންނާއި އިންފޮމޭޝަން ކައުންޓަރުން ހިދުމަތް ދިނުމަށް ނަމްބަރު ދޫ ކުރާނީވެސް ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށްކަމަށްވެސް މީރާއިން ބުނެފައިވެއެވެ. އަދި މީރާގެ ސާވިސް ސެންޓަރުން ޓޯކަން ނަމްބަރު ދޫ ކުރުމުގެ ބަދަލުގައި ޓޯކަން ނަމްބަރު ދޫކުރަމުން ގެންދާނީ، މޯބައިލް އެޕްލިކޭޝަން އަދި "ކިއުބީ" އެޕްލިކޭޝަން މެދުވެރިކޮށް ކަމަށްވެސް ބުނެފައިވެއެވެ.
މި އެޕްލިކޭޝަންތައް މެދުވެރިކޮށް އޮންލައިން ޓޯކަން ނެގެން ނެތްނަމަ، މީރާގެ 3020460 ނަމްބަރު ފޯނާ ގުޅައިގެން ހހިމަތް ހޯދުމަށް އެޕޮއިންޓްމަންޓް ހެދޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު