އިންޓަނެޓާ ގުޅިގެން ކުރިމަތިވާ މައްސަލަތައް ރިޕޯޓުކުރުމަށް އެންވަޔަރަންމެންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ހާއްސަ ހޮޓްލައިނެއް ގާއިމުކޮށްފިއެވެ.
އިންޓަނެޓް ހިދުމަތާ މެދު އެއްވެސް ޝަކުވާއެއް އޮތް ނަމަ އެކަން ހުށަހެޅުމަށް ގާއިމުކުރި ހޮޓްލައިން ނަންބަރަކީ 1515 އެވެ.
އެންވަޔަރަންމެންޓް މިނިސްޓްރީން ބުނި ގޮތުގައި މި ހޮޓްލައިނަކީ ނެޓުހެޔޮ ކެމްޕޭނުގެ ދަށުން އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކާއި އިންޓަނެޓް ހިދުމަތްދޭ ފަރާތްތަކުގެ ޝަކުވާ މިނިސްޓްރީއަށް ހުށަހެޅުމަށްޓަކައި ގާއިމުކުރި ހޮޓްލައިނެކެވެ.
އެ ހޮޓްލައިނަށް ހިލޭ ގުޅޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި އިންޓަނެޓުގެ އަގުތަކަށް ބަދަލުގެނައުމަށް ނިންމައި އެ އަގުތައް އިއުލާންކުރީ މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހުއެވެ. އިންޓަނެޓު އަގުހެޔޮކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު