އއ. ތޮއްޑޫ އާއި ރަސްދޫ އާންމު ހާލަތަށް ގެނެސްފިއެވެ.
ތޮއްޑޫ މޮނީޓަރިންގެ ހާލަތަށް ލާފައިވަނީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހުއެވެ. އެރަށް ވަނީ މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެރަށުން 361 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
ރަސްދޫ މޮނީޓަރިންގެ ހާލަތަށް ލާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އެރަށް މޮނީޓަރިންގެ ހާލަތުން ނަގައިފައިވަނީ މިއަދުއެވެ. އެ ރަށުން ޖުމުލަ ހަތަރު މީހަކު ޕޮޒިޓިވްވިއެވެ.
ތޮއްޑުއާއި ރަސްދޫ އާންމު ހާލަތަށް ގެެނެސްފައިވާ އިރު، މިހާރު މޮނީޓަރިންގައި އޮތީ 11 ރަށެކެވެ. އެއީ ފުވައްމުލައް ސިޓީއާއި ރ. ދުވާފަރާއި ށ. ފޯކައިދުއާއި ގދ. ނަޑެއްލާ އާއި ކުޅުދުއްފުށި ސިޓީއާއި ކ. ކާށިދުއާއި ހއ. ދިއްދުއާއި ށ. ފީވަކާއި ހއ. ތަކަންދުއާއި މ. ކޮޅުފުށްޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު